16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ސްޓެލްކޯ

ސްޓެލްކޯގެ ޗެއާމަނަކަށް މުހައްމަދު ރަޝީދު

  • މުހައްމަދު ރަޝީދުއަކީ މީގެ ކުރިން ވެސް ސްޓެލްކޯގެ ސީއީއޯ ކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއް
އަމަން ހަލީމް | soupized

| 12 ފެބުރުވަރީ 2019 | އަންގާރަ 21:54 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރި މުހައްމަދު ރަޝީދު -- ޓްވިޓަރ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ (ސްޓެލްކޯގެ) ބޯޑް އޮފް ޑިރެކްޓަރސްގެ ޗެއާމަނަކަށް މުހައްމަދު ރަޝީދު އައްޔަނުކޮށްފިއެވެ.

ސްޓެލްކޯއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކޮށްދީފައިވާ މުހައްމަދު ރަޝީދުއަކީ މީގެ ކުރިން ވެސް ސްޓެލްކޯގެ ސީއީއޯ ކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުހައްމަދު ރަޝީދު އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެ ކުންފުނީގެ އިންޖީނިއަރެެެއްގެ ގޮތުގަ އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ސްޓެލްކޯއަށް ގެނައި ބަދަލުތަކުގެ ދަށުން، ކުރިން އެ ކުންފުނީގެ އެމްޑީއަކަށް ހުރި ހަސަން ޒުހޫރު ވަކިކުރުމަށް ފަހު އެމްޑީއަކަށް އައްޔަނުކޮށްފައިވަނީ ހަސަން މުގުނީއެވެ. މުގްނީއަކީ ރައީސް ޔާމިނުގެ ސަރުކާރުގައި ވެސް 2014 ޖެނުއަރީ 23 އިން ފެށިގެން އެ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ އެމްޑީކަން ކުރެއްވި ބޭފުޅެކެވެ.

މާލެއާއި އަތޮޅު ތެރޭގައި ކަރަންޓު ފޯރުވައިދިނުމުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯއިން، މިހާރު މާލެއާއި ރާއްޖޭގެ އިތުރު ރަށްތަކުގައި 50000އަށް ވުރެ ގިނަ ކަސްޓަމަރުން ހިދުމަތް ހޯދަމުން ދެއެވެ. ސްޓެލްކޯއަކީ ދިވެހި ދައުލަތުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް