16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ޢަބްދުﷲ ޝާހިދު

ސައުދީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރުމަށް ޝާހިދު ސައުދީއަށް

  • މި ދަތުރުފުޅުގައި ސައުދީ ފޮރިން މިނިސްޓަރާ ބައްދަލު ކުރައްވާނެ
އަލީ ސަމާޚް | AliSamah8

| 12 ފެބުރުވަރީ 2019 | އަންގާރަ 19:42 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ފޮރިން މިނިސްޓަރު ޝާހިދު (ކ) އާއި ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ (ވ) -- ފޮރިން މިނިސްޓްރީ

ވަޒީރުކަމުގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުފުޅުގައި ޢަބްދުﷲ ޝާހިދު، ސަޢުދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ޑރ. އިބްރާހިމް ބިން ޢަބްދުލްއަޒީޒް އަލްއައްސަފް އާއި، ސަޢޫދީ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެެވެ. 

ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގާތް އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ޢަރަބިއްޔާއަށް ވެދެވޭނެ އެހީތެރިކަމާ މެދު މި ދަތުރުފުޅުގައި މަޝްވަރާކުރެވޭނެއެވެ.

 

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އާމިނަތު ޝައުނާ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާގެ ބައެއް އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނާވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

ވަޒީރުކަމާ ހަވާލުވެވަޑައިގަތް ފަހު ޝާހިދު ވަނީ އިންޑިއާ، ޔޫއޭއީ، އެމެރިކާގެ އިތުރުން އިނގިރޭސިވިލާތަށް ދަތުރު ކުރައްވާފައެވެ. ފޮރިން މިނިސްޓަރު އެންމެ ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކޮމަންވެލްތްގެ ސެކެރެެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލޭންޑްއާ ބައްދަލު ކުރައްވާފައެވެ. ރާއްޖެ އިން ކޮމަންވެލްތާ ގުޅުމުގެ މަސައްކަތް އަވަސް ކޮށްދިނުމަށް ޝާހިދު ވަނީ އެދިފައެވެ.  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް