16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރާއްޖެ- މިސްރު

މިޞްރުގެ ފޮރިން މިނިސްޓަރަށް ޝާހިދު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި

  • 50 އަހަރު ތެރޭގައި ދެ ގައުމުގެ ގުޅުން ބަދަހިވެފައިވާ ކަމަށް ވިދާޅުވި
އަލީ ސަމާޚް | AliSamah8

| 12 ފެބުރުވަރީ 2019 | އަންގާރަ 18:43 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ރާއްޖެ އާއި މިސްރުގެ ގުޅުމަށް މިއަދު ވަނީ 50 އަހަރު ފުރިފައި -- އާކައިވް

ދިވެހިރާއްޖެ އާއި މިޞްރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް 50 އަހަރު ފުރުމާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިސްރުގެ މިނިސްޓަރ ފޯ ފޮރިން އެފެއާޒް، ސަމެޙް ޝޮކްރީއަށް ތަޙުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ފޮރިން މިނިސްޓަރ ފޮނުއްވި މެސެޖުގައި މިޞްރު ސަރުކާރާއި މިޞްރު ރައްޔިތުންނަށް ތަޙުނިޔާ އަރިސްކުރައްވައި، ފާއިތުވި 50 އަހަރު ތެރޭގައި ދިވެހިރާއްޖެއާ މިޞްރާއި ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން އިތުރަށް ޙަރުދަނާ ވެފައިވާކަން ފާހަގަކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ދިވެހިރާއްޖެ އާއި މިޞްރާ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރެވުނީ 12 ފެބްރުއަރީ 1969 ގައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދު ވަނީ ޖަރުމަނުގެ ހޮނަރަރީ ކައުންސިލްއަށް ރާއްޖޭގެ ފަރާތުން އައްޔަން ކުރެއްވި ސަންޖޭ އިބްރާހިމް މަނިކު އަށް މަރުހަބާ ދަންނަވާފައެވެ.

 

އެ ބައްދަލުވުމުގައި ޝާހިދު ވަނީ، ޖަރުމާނާ އެކު ޓޫރިޒަމްގެ އިތުރުން އިގްތިސާދީ ގޮތުން ކުރިއެރުވުމަށް މަސައްކަތް ކުރައްވަން ސަންޖޭގެ ފަރާތުން އެދިވަޑައިގެންފައެވެ.

ޖަރުމަންވިލާތަކީ ރާއްޖޭގެ ޓޫރިޒްމްގައި ބޮޑު ދައުރެއް އަދާކުރާ ގައުމެކެވެ. ނިމިގެން ދިޔަ 2018 ވަނަ އަހަރު ޖަރުމަނުގެ 8.9 ޕަސެންޓް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަށް ކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް