26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އިންޑިއާ ސަފީރު

ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހި ކުރުމުގައި، މިޝްރާގެ ރޯލް ބޮޑު: ފޮރިން މިނިސްޓަރ

  • ސަފީރު ކުރެއްވި މަސައްކަތްޕުޅަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައި
އަލީ ސަމާޚް | AliSamah8

| 12 ފެބުރުވަރީ 2019 | އަންގާރަ 18:11 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


މިނިސްޓަރު ޝާހިދު އާއި އަކިލޭޝް މިޝްރާ -- ޓްވިޓަރ

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ހީނަރުވެފައި އޮތް ގުޅުން ބަދަހިކުރުމަށް އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަކީލޭޝް މިޝްރާގެ ދައުރު ބޮޑުކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގައި ވޭތުވެ ދިޔަ ތިން އަހަރު ސަފީރެއްގެ ގޮތުގައި މިޝްރާ ކުރެއްވި މަސއްކަތް ބޮޑު ކަމަށެވެ. 

 

 

ރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ދެ ގައުމުގެ ގުޅުން ހީނަރުވެފައި އޮތުމަށް ފަހު އެގުޅުން އިތުރަށް ބަދަހިވެފައި ވަނީ މި ސަރުކާރުގައެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖެ ވަޑައިގެންފައެވެ. އޭގެ ފަހުން މޯދީގެ ދައުވަތަކަށް ރައީސް ސޯލީހު އާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އިބްރާހިމް ވަނީ އިންޑިއާ އަށް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ރާއްޖެ އާއި އިންޑިއާ ދެމެދު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ.  

މިޝްރާ ފުރާވަޑައިގަތުމުގެ ކުރިން ޚާރިޖީ ވަޒީރުގެ އަރިހަށް ވަނީ ވަދާޢީ ޒިޔާރަތެއް ކުރައްވަފައެވެ. މި ބައްދަލުވުމުގައި ޝާހިދު ވަނީ އިންޑިއާ ސަފީރު ކަމުގައި އަކިލޭޝް ކޮށްދެއްވާފައިވާ ކަންތައްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިޝްރާގެ ސަފީރުކަމުގެ ދައުރު ހަމަކުރައްވައި ފުރާވަޑައިގެންނެވުމުގެ ކުރިން ޝާހިދާ ބައްދަލުކުރައްވާފައިވާ އިރު ފާއިތުވި ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ އިންޑިއާއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެގެން ގޮސްފައެވެ. ނަމަވެސް ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މިޝްރާ ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. 

ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރުކަމާ މިޝްރާ ހަވާލުވެވަޑައިގެންނެވީ 2016 ވަނަ އަހަރުއެވެ. މިޝްރާ އަށް ފަހު އިންޑިއާގެ ސަފީރުކަމާ ހަވާލުވެ ވަޑައިގަންނަވަނީ އިންޑިއާގެ ޕެޓްރޯލިއަމް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އިންޓަނޭޝަނަލް ކޯޕަރޭޝަންސްގެ މަގާމުގައި ހުންނެވި ސަންޖޭ ސޫދިރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް