16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރައީސް ނަޝީދު ފުރާވަޑައިގަތުން

ރާއްޖޭގައި ޗައިނާގެ މަސްލަހަތު ބޮޑަށް އޮތުމަށް އެ ގައުމުން ބޭނުންވޭ: ނަޝީދު

  • ޗައިނާއިން ނެގި ދަރަނި ނުދެއްކުމުން، ޗައިނާއިން އެދެނީ އޭގެ ބަދަލުގައި، އެ ފައިސާއިން ހިންގި މަޝްރޫއުގެ ހިއްސާ ދިނުމަށް
  • ސަރުކާރުން މަސައްކަތް ކުރަނީ އެ މަޅިތަކުން ރާއްޖެ ނައްޓުވަން
ސިމާހާ ނަސީމް | sim_kamana

| 12 ފެބުރުވަރީ 2019 | އަންގާރަ 18:06 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ރައީސް ނަޝީދުގެ އިންޑިއާ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވަނީ -- ފޮޓޯ: ސިމާހާ ނަސީމް

ރާއްޖޭގައި ޗައިނާގެ ބޮޑު މަސްލަހަތެއް އޮތުމަށް އެ ގައުމުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް ރިލޭޝަންސް އާއި ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ދައުވަތަކަށް އިންޑިއާ ނަޝީދު ކުރައްވާ ދަތުރުފުޅާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖޭގެ އިތުރުން އިންޑިއާ ކަނޑުގެ ތެރެއަށް ވެސް ޗައިނާގެ މަސްލަހަތު މާބޮޑަށް ފެތުރުމަށް އެޤައުމުން އެދެމުންދާ ކަމަށެވެ.

"ހާއްސަ ގޮތެއްގައި އެތެރެވަރިއަށް އިންޑިއާ ކަނޑުގެ ތެރެއަށް ޗައިނާގެ މަސްލަހަތު މާބޮޑަށް ފެތުރުމަށް އެ ޤައުމުން މިދަނީ އެދެމުން. އެއީ މިދަންނަވާހެން ޗައިނާ ތަރައްޤީވަމުން އައުމާ އެކުގައި އަދި މި އިރުމަތިން ހުޅަނގުން އިރަށްދާ ހުރިހާ މުދަލެއް އުފުލަނީ އަދި ދަތުރުކުރަނީ ދިވެހިރާއްޖޭގެ ތެރެއިން ކަމަށްވާތީ ޗައިނާ އެބަ ބޭނުންވޭ ޗައިނާގެ މަސްލަހަތު ދިވެހިރާއްޖޭގައި މާބޮޑަށް އޮތުމަށް. މިކަން ހިންގުމަށްޓަކައި މިދިޔަ 10 ނޫނީ 15 އަހަރު ދުނިޔޭގެ އެކި އެކި ޤައުމުތަކުގައި ހާއްސަކޮށް އިރުމަތީ އެފްރިކާގެ ޤައުމުތަކާއި އިންޑިއާ ކަނޑުގެ ޤައުމުތަކުގައި ކަން ހިނގާދިޔަ ގޮތް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެބަ ފެނޭ. ރާއްޖޭގައި ކަން ހިނގާދިޔަ ގޮތް ވެސް އެބަ ފެނޭ. ގިނަ އަދަދުގެ ލޯނު އަދި ގިނަ އަދަދުގެ ފައިސާ މިވަނީ ދިވެހިރާއްޖެއާ އެތެރެވަރީގައިވާ ގިނަ ޤައުމުތަކަށް ޗައިނާގެ ފަރާތުން ގެނެސްފައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ ފައިސާ ގެނެސްފައި ވަނީ ނުއަގުގައި މަސައްކަތް ކުރުމަށް ކަމަށާއި އެ ދަރަނި އަނބުރާ ނުދެއްކުމުން ޗައިނާ އިން އެދެނީ އޭގެ ބަދަލުގައި، އެ ފައިސާއިން ހިންގި މަޝްރޫއުގެ ހިއްސާ ދިނުމަށް ކަމަށެވެ. 

"މިސާލަކަށް ބަނދަރު ހަދާފައި އޮތީއްޔާ އެ ބަނދަރުގެ ފައިސާ ނުދެއްކުނީމަ އެދެމުން އެދަނީ އެ ބަނދަރު އެމީހުންނަށް ދިނުމަށް. މިކަން މިގޮތަށް ހިނގާފައި އެބަހުރި އިރުމަތީ އެފްރިކާގެ އެތައް ޤައުމެއް އަދި އަޅުގަނޑުމެންގެ އަވަށްޓެރި ކިތަންމެ ޤައުމެއްގައި، މިކަންކަމާ ގުޅިގެން ޤައުމުގެ އިސްތިޤްލާލާ ޤައުމުގެ މިނިވަންކަން ވަރަށް ބޮޑަށް ގެއްލިގެން އެބަދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރު ރާއްޖޭގެ އިސްތިޤްލާލާ ޤައުމުގެ މިނިވަން ކަމަށް ބުރޫ އަރާ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔަމީން ކަންތައްތައް ކުރައްވާފައިވާ ކަމަށާއި ޗައިނާ އިން ބޮޑެތި އަދަދުތަކުގެ ލޯނު  ނަގާފައިވާ ކަން ނަޝީދު ފާހަގަކުރެއްވިއެވެ. ލޯނު ނަގައިގެން ހިންގި މަޝްރޫއުތަކަކީ ނެގި ލޯނާ ނުބައްދަލު އަދަދުތަކެއް ކަމަށާއި އެ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ޗައިނާ އިން ދެން އެދޭނީ އެ މަޝްރޫއަކުން ހިއްސާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަނީ ޗައިނާ އިން ގިނަ ލޯނުތަކެއް ނަގައިގެން މަޝްރޫއުތައް ހިންގާފައެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫއަކީ މާލެ އާއި ހުޅުލެއާ ދެމެދު ގާއިމުކޮށްފައިވާ ބްރިޖެވެ. އެ މަޝްރޫއަށް 300 މިލިއަން ޑޮލަރު ހޭދަކޮށްފައިވާ އިރު ބޮޑު ބައެއް ހިއްސާކުރަނީ ބޮޑު އިންޓަރެސްޓާ އެކު ޗައިނާ އިން ދިން ލޯނެވެ. 

ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން މަސައްކަތް ކުރަނީ އެ މަޅިތަކުން ރާއްޖެ ސަލާމަތްކުރުމަށް ކަމަށެވެ. 

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ނަޝީދު އެނބުރި މާލެ ވަޑައިގަންނަވާނީ ފެބްރުއަރީ 14 ވަނަ ދުވަހުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް