21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ބީއެމްއެލް ބިޒްނަސް ސެންޓަރ

ބީއެމްއެލްގެ ބިޒްނަސް ސެންޓަރެއް އައްޑޫ ސިޓީގައި ގާއިމްކޮށްފި

  • އެކްސްޗޭންޖް ކައުންޓަރެއް ވެސް ވަނީ ގާއިމްކޮށްފައި
ރިޒުނާ ޒަރީރު | RiznaZareer

| 12 ފެބުރުވަރީ 2019 | އަންގާރަ 16:13 | |

އައްޑޫގައި ހުޅުވި ބީއެމްއެލް ބިޒްނަސް ސެންޓަރ -- ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ފުރަތަމަ ބިޒްނަސް ސެންޓަރ އްޑޫ ސިޓީގައި ހުޅުވައިފިއެވެ.

މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ބިޒްނަސް ސެންޓަރުތަކުގެ ތެރެއިން ފުރަތަމަ ޚިދުމަތްދޭން ފެށި ސެންޓަރު ކަމަށް ބީއެމްއެލް އިން ބުންޏެވެ. 

މި ބިޒްނަސް ސެންޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރުން ތިބޭނެ ކަމަށާއި ވިޔަފާރިއާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ލޯނަށް އެދި ހުށަހެޅުމުގެ މަރުހަލާގައި އެހީތެރިކަން މި މުވައްޒަފުންގެ ފަރާތުން ލިބިގެންދާނެއެވެ.

ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކައިރި މުސްތަގްބަލެއްގައި މިފަދަ ސެންޓަރުތައް މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި ހުޅުވިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އާދިއްތަ ދުވަހު ހިތަދޫގައި ބޭއްވި އައްޑޫ ބިޒްނަސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އިޤްތިޞާދުގެ މުހިންމު ދައުރެއް އަދާކުރާ ސިޓީއަކަށްވެފައި، އައްޑޫގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ބިޒްނަސް ސެންޓަރެއް ގާއިމްކުރެވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ސެންޓަރުގައި މަސައްކަތްކުރަމުންދާ ތަޖްރިބާކާރު މުވައްޒަފުންގެ ފަރާތުން ވިޔަފާރިތަކަށް އެންމެ އެކަށޭނެ މާލީ އެހީތެރިކަން ހޯދުމުގައި އެހީތެރިކަންފޯރުކޮށްދޭނެ ކަމަށްވެސް ނޫރައްދީން ވިދާޅުވިއެވެ. 

އައްޑޫ ބިޒްނަސް ސެންޓަރ ހުޅުވުމުގެ އިތުރުން، އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ފަތުރުވެރިންނަށް ބޭރު ފައިސާ މާރުކުރުމަށްޓަކައި އެކްސްޗޭންޖް ކައުންޓަރެއް ވެސް ގާއިމްކޮށްފައެވެ. އިންޓަރނޭޝަނަލް ފްލައިޓް ގަޑިތަކުގައި މި ކައުންޓަރުގެ ހިދުމަތް ލިބެމުންދާނެއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް