26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ތުރުކީގެ ބަޣާވާތް 2016

ބަޢާވާތުގައި ބައިވެރިވީ ކަމުގެ ތުހުމަތުގައި ތުރުކީން 1100 މީހުން ހައްޔަރުކުރަން އަމުރުކޮށްފި

  • އަމުރުތައް ނެރެފައިވަނީ އެމެރިކާގައި ދިރިއުޅޭ ދީނީ އިލްމުވެރިޔާ ފަތުހުއްﷲ ގުލެންއާ ގުޅުން ހުރި ފަރާތްތަކުގެ މައްޗަށް
އަމަން ހަލީމް | soupized

| 12 ފެބުރުވަރީ 2019 | އަންގާރަ 15:15 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


2016 ވަނަ އަހަރު ކުރަން އުޅުނު ބަޢާވާތުަގައި ބައިވެރިވީ ސިފައިންތަކެއް -- ބީބީސީ

ތުރުކީގައި 2016 ވަނަ އަހަރު ކުރަން އުޅުނު އަސްކަރީ ބަޢާވާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 1100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރަން އަމަރުކޮށްފިއެވެ.

ތުރުކީގެ މިނިސްޓްރީ އޮޕް އިންޓީރިއަރގެ މަސްދަރަކާ ހަވާލާދީ ސީއެންއެން އިން ބުނެފައި ވަނީ އަމުރުތައް ނެރެފައި ވަނީ އެމެރިކާގައި ދިރިއުޅޭ ދީނީ އިލްމުވެރިޔާ ފަތުހުއްﷲ ގުލެންއާ ގުޅުން ހުރި ފަރާތްތަކުގެ މައްޗަށް ކަމަށެވެ. ފަތުހުﷲ ގުލެންއަކީ ބަޢާވާތުގެ ފަހަތުގައި ހުރި އެއްމެ އިސް މީހާ ކަމަށް ތުރުކީގެ ސަރުކާރުން ތުހުމަތު ކުރެއެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ހައްޔަރުކުރަން އަމަރުކޮށްފައިވާ ފަރާތްތަކަކީ، 2010 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ އިންސްޕެކްޓަރަކަށް ވާން އޮންނަ އިމްތިހާނުގައި މަކަރު ހެދި ކަމަށް ވެސް ތުހުމަތުކުރެވިފައިވާ ފަރާތްތަކެކެވެ. މީގެ ތެރެއިން 45 މީހަކު މިހާރު ވެސް ފުލުހުންގެ އިސް މަގާމުތަކުގައި އެބަތިބި ކަމަށް ވަނީ ޝައްކުކުރެވިފައެވެ.

ނާކާމިޔާބުވީ ބަޣާވާތަށް ފަހު ތުރުކީ އިން އެކި ފަހަރު މަތިން 50،000 މީހުން ހައްޔަރުކޮށް އޭގެ ތިންގުނަ މީހުން ވަޒީފާތަކުން ވަނީ ވަކިކޮށްފައެވެ. އޭގެ ތެރޭގައި އެތަކެއް ސިފައިންނެއް ހިމެނެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ބަޣާވާތުގައި ބައިވެރިވުމުގެ ކުށް ސާބިތުވުމާ ގުޅިގެން އެ ގައުމުގެ އަސްކަރިއްޔާގެ 104 ސިފައިން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވެސް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް