16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރައްޔިތުންގެ މަޖިލިސް 2019

އެމްޑީއޭ އިން މަޖިލީހަށް ވާދަ ކުރަން 8 މީހަކަށް ޓިކެޓް ދީފި

  • މިހާރު ވެސް ބައެއް މެމްބަރުންނަށް ޓިކެޓް ދީފައިވޭ
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 12 ފެބުރުވަރީ 2019 | އަންގާރަ 12:58 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


އެމްޑީއޭގެ ކައުންސިލް: އެ ޕާޓީގެ ޓިކެޓްް އަަށް މީހަކަށް ވަނީ ދީފައި -- އާކައިވް

މޯލްޑިވްސް ޑިވަލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރުމަށް އަށް މީހަކަށް ރޭ ޓިކެޓް ދީފިއެވެ.  

ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ޓިކެޓް ދޭން ނިންމާފައި ވަނީ ގޮތުން ދ. މީދޫ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަދި އެ ޕާޓީގެ ލީޑަރު މިހާރު ވެސް މަޖިލީހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްދަށާއި ކުޑަހުވަދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަހްމަދު އާމިރާއި، ކެނދިކުޅުދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަލީ މައުރޫފަށެވެ.

މާފަންނު ހުޅަނގު ދާއިރާގެ ޓިކެޓް އައިޝަތު ރަފިއްޔާ އަށް ދިނުމަށް ނިންމިއިރު ނ. މަނަދޫ ދާއިރާ އިބްރާހިމް އަސްލަމް އަށް އަދި ރ. ދުވާފަރު ދާއިރާގެ ޓިކެޓް މުހައްމަދު އާދަމް އަށް ވަނީ ދީފައެވެ. މީގެ އިތުރުން ހޮޅުދޫ ދާއިރާގެ ޓިކެޓް ހުސައިން ސާލިމް މުހައްމަދު އަށް އަދި ނ. ވެލިދޫ ދާއިރާގެ ޓިކެޓް މުހައްމަދު އައްބާސް އަށް ވަނީ ދީފައެވެ.  

އެމްޑީއޭ އިން ބައެއް އެހެން ޕާޓީތަކާ އެކު ކޯލިޝަނެއް ހަދައި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް ގޮނޑިތައް ކާމިޔާބުކޮށްފައި ވެއެވެ. ނަމަވެސް މި ފަހަރުގެ މަޖިލިސް އިންތިހާބަށް މިހާތަނަށް އެ ޕާޓީން ކެމްޕެއިން ކުރަމުން ދަނީ ވަކި ޕާޓީއަކާ އެކު ކޯލީޝަން ހަދައިގެންނެއް ނޫނެވެ. 

އެމްޑީއޭއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރާނީ ކިތައް ދާއިރާއަށް ކަމެއް އަދި ނޭނގެއެވެ.  

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީއޭ އިން ވަނީ އެ ޕާޓީން ވާދަކުރި ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް މަޖިލީހަށް އެމްޑީއޭގެ ޓިކެޓްގައި ހޮވުނު ބައެއް މެމްބަރުން ވަނީ ޕާޓީ އިން ވަކިވެގެން ގޮސްފައެވެ. މި ވަގުތު އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވީ ތިން ބޭފުޅުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް