21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އާރސެނަލް

އާސެނަލްގެ މިޑްފިލްޑާ ރަމްސޭ ޔުވެންޓަސްއަށް!

  • އާސެނަލްއާ އެއްކޮށް ހަދާފައިވާ އެއްބަސްވުން 30 ޖޫންގައި ހަމަވާނެ
  • ޖުވެންޓަސްއާއި އެއްކޮށް ސޮއި ކުރީ ހަފްތާއަކަށް ހަތަރު ލައްކަ ޔޫރޯއަށް
މިއުނާ ހަސަން | @miuna_hassan

| 12 ފެބުރުވަރީ 2019 | އަންގާރަ 12:49 | |

އާސެނަލް އަށް ކުޅެމުން އަންނަ ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސޭ -- ގޫގުލް

އާސެނަލްގެ މިޑްފިލްޑަރ އާރޮން ރަމްސޭ އިންޓަލީގެ ޔުވެންޓަސް އަށް ސޮއިކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 28 އަހަރުގެ ރަމްސޭ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ޔުވެންޓަސް އަށް ސޮއިކުރީ ހަފްތާއަކަށް ހަތަރު ލައްކަ ޔޫރޯއަށެވެ.

އާސެނަލްއާ އެއްކޮށް ރަމްސޭ ހަދާފައިވާ އެއްބަސްވުން 30 ޖޫންގައި ހަމަވާއިރު، ރަމްސޭއަކީ މިހާތަނަށް އެންމެ ބޮޑު އަގުގައި ޓީމަކަށް ގެންދެވޭ ވޭލްސް ކުޅުންތެރިޔާއެވެ.

އާސެނަލް އަށް ރަމްސޭ ކުޅެންފެށީ 2008 އަހަރުއެވެ. އޭނާ އާސެނަލް އަށް ކުޅެމުން ދަނީ 4.8 މިލިއަން ޔޫރޯއަށެވެ. ކާޑިފް ސިޓީން އާސެނަލް އަށް ބަދަލުވި ރަމްސޭއަށް މީގެ ކުރިން ބާސެލޯނާ އަދި ޕީއެސްޖީ އިން ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.

އާސެނަލްގެ ކޯޗް، އުނާއީ އެމެރީ ވަނީ ޔުވެންޓަސްގެ އަގަށް ފާޑު ކިޔާފައެވެ. އޭނާ ބުނި ގޮތުގައި ރަމްސޭ ފަދަ ކުޅުންތެރިޔަކީ 30-40 މިލިއަނާ ދެމެދުގެ އަގަކަށް ގެންދާވަރުގެ ކުޅުންތެރިއެކެވެ.

ރަމްސޭ ވަނީ އޭނާއަށް ސަޕޯޓަރުން ދޭ ހިތްވަރަށް ޝުކުރު އަދާ ކޮށްފައެވެ. އަދި އޭނާގެ ކުރިއެރުމުގެ ފަހަތުގައި ތިބީ އާސެނަލް ކޯޗާއި، ސަޕޯޓަރުން އަދި މެނޭޖްމެންޓް ކަމަށް ވެސް އޭނާ ބުނެއެވެ.

ޔުވެންޓަސް އަށް ރަމްސޭ ސޮއިކުރި މި ދަނޑިވަޅަކީ ކުރީގެ އާސެނަލްގެ ސްޓްރައިކަރު ކްރިސް ސަޓަން އާސެނަލުން ކުޅުންތެރިންގެ އަގު ވަޒަން ނުކުރާ ކަމަށް ބުނެފައިވާ ދަނޑިވަޅެކެވެ.

އާސެނަލްގައި ރަމްސޭ ހޭދަ ކުރި 11 ސީޒަންގެ ތެރޭގައި 259 މެޗު އާސެނަލްއަށް ކުޅެދީފައިވާއިރު، 61 ލަނޑު ޖަހައިދީފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް