21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޑެންގީ ހުން

މި މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 107 ކޭސް ރިޕޯޓުކޮށްފައިވޭ: އެޗްޕީއޭ

  • ޑިސެމްބަރުން ފެށިގެން ޑިންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރު
  • މަދިރި ކޮންޓްރޯލް ކުރުމަށް އަންނަނީ ގިނަ މަސައްކަތްތައް ކުރަމުން
އަމްނާ އިމާދު | @amnabinthimad

| 12 ފެބުރުވަރީ 2019 | އަންގާރަ 12:38 | |

މަދިރި ކޮންޓްރޯލްކުރާ ބޭސް ޖަހަނީ -- ރޮއިޓަރސް

ފެބްރުއަރީ މަހުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 107 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އޮފިޝަލެއް ވިދާޅުވީ ޑިސެމްބަރު މަހުން ފެށިގެން ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެގޮތުން ޑިސެމްބަރު މަހު މާލެ ސަރަހައްދުން އެކަނި ވެސް 237 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި، އަތޮޅުތަކުން 321 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަހު މާލެ ސަރަހައްދުން 194 ކޭސް ރިޕޯޓު ކޮށްފައިވާއިރު، އަތޮޅު ތެރެއިން 322 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަހުގެ މިހާތަނަށް މާލެ ސަރަހައްދުން 16 ކޭސް ރިޕޯޓްކޮށްފައިވާއިރު، 91 ކޭސް އަތޮޅުތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޑެންގީ ހުމުގެ ކޭސް އެންމެ ގިނައިން ފެންނަނީ މާލެ ސަރަހައްދުން ކަމަށާއި، އަތޮޅު ތެރޭގެ ރަށްރަށުން އަލަށް ޑެންގީ ހުން މިފަހަރު ފެނިފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަތޮޅުތަކުގެ ތެރެއިން ޑެންގީ ހުން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ރ. އަތޮޅާއި، ބ. އަތޮޅުން ކަމަށެވެ. ފ. ފީއަލީގެ ޑެންގީ ހުމުގެ ހާލަތަށް އިޝާރާތް ކުރައްވައި އޮފިޝަލް ވިދާޅުވީ މި ފާއިތުވެދިޔަ އަހަރުތަކުގައި ފީއަލީގައި ޑެންގީ ހުން މާބޮޑަށް ފެތުރިފައިނުވާ ކަމަށާއި، މިއަހަރު ޑެންގީ ހުން މާބޮޑަށް ފެތުރުނީ ކަމަށެވެ. އޭނާ ވިދާޅުވީ މިއަދާ ހަމައަށް ފީއަލިން ޑެންގީ ހުމަށް 12 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އިތުރުފަރުވާއަށް މާލެ ގެނެވުނު ފަސް ކުދިންގެ ތެރެއިން ދެ ކުއްޖަކު ޑެންގީ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ޑެންގީ ހުން ފެތުރެމުންދާއިރު، މި ހުމުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެގޮތުން ގޯތި ތެރެއާ ރަށުތެރެ ސާފުކޮށް، މަދިރި އާލާވާ ތަންތަން ނައްތާލަން ޖެހޭ ކަމަށެވެ. އަދި ގިނަ ރަށްރަށުގައި މަދަރި ކޮންޓްރޯލް ކުރުމަށް ފޮގް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް