16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ރައްޔިތުންގެ މަޖިލިސް 2019

އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް ފަސް ފޯމު އަލުން ހުށައަޅައިފި

  • ބާކީ ހުރި 5 ފޯމް ހުށައެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން
ލައިޝާ އަހްމަދު | LailaAhmeds

| 12 ފެބުރުވަރީ 2019 | އަންގާރަ 12:31 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


އެމްޑީޕީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް -- ރާއްޖެއެމްވީ

މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް ފަސް ފޯމެއް އަލުން އެ އިދާރާއަށް ހުށައަޅައިފިއެވެ. 

އަންގާރަ ދުވަހު އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތް 10 ފޯމުގެ ތެރެއިން ފަސް ފޯމެއް އަނބުރާ އެ އިދާރާއަށް ހުށައަޅާފައިވާ ކަމަށާއި، އަނެއް ފަސް ކެންޑިޑޭޓުންގެ ފޯމުގެ މައުލޫމާތު ފުރިހަމަކޮށް ވީ އެންމެ އަވަހަކަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެމްޑީޕީ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާއިރު، އެ ޕާޓީގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައެޅުމަށް އެ ޕާޓީން ވަނީ އަންގާފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ 8:00 ގެ ކުރިން މާލީ ބަޔާން ހުށައެޅުމަށް ކެންޑިޑޭޓުންނަށް ވަނީ އަންގާފައެވެ. 

އަފްޝަން އިތުރަށް ވިދާޅުވީ، އިންތިހާބާ ބެހޭ މުހިއްމު ތާރީޚުތަކެއް އިލެކްޝަންސް ކޮމިޝަނުން ހިއްސާ ކޮށްފައިވާ ކަމަށާއި، އިންތިހާބުގެ ކަންކަން ވީހާ ވެސް ދެ ފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. 

" ކެންޑިޑެސީ އެޕްލިކޭޝަން މިއޮތީ 17 ފެބްރުއަރީގެ ކުރިން ހުށައެޅުމަށް، އޮބްޒަރވަރުންގެ އެޕްލިކޭޝަން 2 ފެބްރުއަރީގެ ކުރިން ހުށައެޅުމަށް، ވޯޓަރސް ލިސްޓް 17 ފެބްރުއަރީގަ އެބޭފުޅުން އާންމު ކުރައްވާނެ. އަދި ރީ ރެޖިސްޓްރޭޝަން 1 މާރޗުގަ ހުޅުވާލާނެ. ކެންޑިޑޭސީ ވިތްޑްރޯ ކުރުން ނޫނީ ނަން އަނބުރާ ނެގުމަށް އޮތް އެންމެ ފަހު ތާރީޚަކީ 26 މާރޗް،" އަފްޝަން ވިދާޅުވިއެވެ. 

އަފްޝަން ވިދާޅުވީީ ކެންޑިޑޭޓުންގެ ލިސްޓު 27 ފެބްރުއަރީގަ އާންމުކުރަން ހަމަޖެހިފައިވާ ކަމަށާއި، ފައިނަލް ވޯޓަރސް ލިސްޓް 16 މާރޗުގައި އާންމު ކުރާނެ ކަމަށެވެ. 

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ، ކޮންމެ ދާއިރާއަކުން ވެސް އެޕާޓީގެ މެމްބަރުންނަށް ވޯޓު ދީގެން ކަމަށާއި، ކޮންމެ ދާއިރާއެއްގައި ވެސް ގޮނޑި ކާމިޔާބު ކުރެވޭ ވަރަށް ޕާޓީގެ މެމްބަރުން ތިބި ކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވެއެވެ. 

އޭޕްރީލް 6 ގައި ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީގެ ފަރާތުން 86 ދާއިރާއަށް ވާދަކުރެ އެވެ. އެމްޑީޕީން ވާދަ ނުކުރަނީ ހަމައެކަނި ނިލަންދޫ ދާއިރާއަށެވެ. ހަ ދާއިރާއެއްގެ ގޮނޑި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ އަދާލަތަށް ދިނުމަށް އެމްޑީޕީން ވަނީ ދާދިފަހުން  މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް ގިނަ ކެންޑިޑޭޓުން ގޮނޑި ދޫކޮށްލަން ބޭނުންނުވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް