16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މަޖިލީސް އިންތިހާބު 2019

އައްޑޫގެ ދާއިރާތައް އިތުރުކުރުމުގެ މައްސަލަ ބެލިދާނެކަމާ މެދު ގޮތެއް ނިންމަނީ

  • މައްސަލައިގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ތަދައްހުލްވެފައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 12 ފެބުރުވަރީ 2019 | އަންގާރަ 12:28 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ހައި ކޯޓް - މައްސަލަގެ އަޑުއެހުމެއް މި ހަފްތާގައި ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝަރުހާން

އައްޑޫ ސިޓީއަށް މިހާރު ކަނޑައަޅާފައިވާ އިންތިޚާބީ ދާއިރާތައް އިތުރުކޮށްދިނުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމުމަށް އެ ކޯޓުން ހަމަޖައްސައިފިއެވެ. 

އައްޑޫ ސިޓީއަށް ގޮނޑި އިތުރުކޮށްދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅީ ކުރީގެ ބަންޑާރަނާއިބު ހުސްނުއްސުޢޫދާއި އައްޑޫސިޓީއަށް ނިސްބަތްވާ އެހެން މީހަކެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އިޖުރާއީ ނުކުތާއެއް ނަގައި މައްސަލަ ހައިކޯޓަށް ނުބެލޭނެ ކަމަށް ބުނެފައެވެ. އެގޮތުން މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެފަދަ މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ގާނޫނުގައި ބުނާ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ކަމަށާއި، ދާއިރާތައް އިއުލާންކުރުމުން އެކަމުގައި ހިތްހަމަނުޖެހުމެއް އޮތް ނަމަ ޝަކުވާ ހުށަހަޅަން ހުޅުވާލާ މުއްދަތުގައި ލިޔުމުން ޝަކުވާ ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅެނީ ކޮމިޝަނުން ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ ކަމަށާއި، ނަމަވެސް އައްޑޫއަށް ދާއިރާއެއް އިތުރުކުރުމަށް ކޮމިޝަނަށް ހުށަހަޅާފައިނުވާ ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވި މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވީ ޤާނޫނު ބުނާ ގޮތުން ޝަކުވާ ހުށަހަޅަންޖެހޭނީ ވަގުތީ ރިޕޯޓާ ގުޅޭ ގޮތުން ކަމަށެވެ. ނަމަވެސް އެ މައްސަލައަކީ ފައިނަލް ރިޕޯޓާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައެއް ކަމަށާއި، ފައިނަލް ރިޕޯޓާ މެދު ހިތްހަމަނުޖެހިގެން މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށް ޤާނޫނުގައި ބުނެފައިނުވާ ކަމަށެވެ. 

ޝަރީއަތުގެ މަޖިލީހުގައި ޝުނާނާ ވަނީ އިލެކްޝަންސް ކޮމިޝަނުން، އައްޑޫ ސިޓީ ކައުންސިލާ އެކު ކުރި ބައެއް މަޝްވަރާތައް ވެސް ފާހަގަކުރައްވާފައެވެ. އަދި އެ މަޝްވަރާތަކުގައި މަރަދޫފޭދޫ ވަކިކުރަން ބޭނުންވާ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށާއި އެހެންވެ، އެ މައްސަލަ ނުބެލޭނެ ކަމަށް ބުނެ އިޖްރާއީ މައްސަލަ ފާހަގަ ނުކުރެވޭނެ ކަމަށް ޝުނާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލައަކީ ހައިކޯޓަށް ބެލޭނެ މައްސަލައެއް ކަމަށެވެ. 

އައްޑޫ ސިޓީ ދާއިރާތަކުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމުން، އެ މައްސަލަ ތެރެޔަށް ދައުލަތުން ވެސް ވަނީ ވަދެފައެވެ. އަދި މައްސަލައިގެ ތެރެއަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ތަދަހުލްވެފައެވެ. 

އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހުފޫޒް ސައީދު ވަނީ އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ އިންތިހާބާ ގުޅޭ މައްސަލައެއް ކަމުން، އިންތިހާބުގެ ކަންކަމަށް ވަގުތު ލިބޭނެހެން މައްސަލަ ނިންމައިދިނުމަށް މަހުފޫޒް އެދިވަޑައިގެންނެވިއެވެ. 

މަހުފޫޒް ވިދާޅުވީ ކޮމިޝަނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ވަކި ގޮތަކަށް ކަމެއް ކުރަން ކޮމިޝަނުން ބުނެފައި އޮތަސް، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނުގެ ދަށުން ޝަކުވާ ހުށަހެޅުމުގައި ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި މަހުފޫޒް ވަނީ އިޖުރާއުތައް ފުރިހަމަނުކޮށް، މައްސަލަ ކޯޓަށް ހުށަނޭޅޭނެކަން ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ. 

ތިން ފަނޑިޔާރުންގެ މަޖިލީހަކުން ބަލާ އެ މައްސަލާގައި ފަނޑިޔާރުންގެ މަޖިލީހުން ވިދާޅުވީ އިޖުރާއީ ނުކުތާއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށާއި، މި ހަފްތާގެ ތެރޭގައި އަޑުއެހުމެއް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް