21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ކޮރަޕްޝަން މައްސަލަ

ކޮރަޕްޝަން ރިޕޯރޓު ކުރާ ވިއުގަ ތައާރަފް ކޮށްފި

  • ކޮރަޕްޝަން މައްސަލަ ހުށައަޅަނީ ކާކުކަން ސިއްރުކުރެވޭނެ
ލައިޝާ އަހްމަދު | LailaAhmeds

| 12 ފެބުރުވަރީ 2019 | އަންގާރަ 10:22 | |

ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސް -- ގޫގުލް

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން އިސްވެ ކުރިއަށްގެންދާ ކެމްޕެއިން "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން" ގެ ދަށުން ކޮރަޕްޝަން މައްސަލަތައް ރިޕޯރޓުކުރާ ވިއުގައެއް ތައާރަފް ކޮށްފިއެވެ.  

އަންގާރަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިން ފައްޓަވާފައިވާއިރު، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯރޓު ކުރުމަށް ޚާއްސަ އޮންލައިން ޕޯރޓަލްއެއް ވަނީ ޤާއިމު ކޮށްފައެވެ. އެ ޕޯރޓަލް މެދުވެރިކޮށް ދައުލަތުގެ ހިންގުމުގައި ކޮރަޕްޝަނަށް މެދުވެރިވާ ގޮތަށްހުރި ކަންކަން ދެނެގަނެ ދައުލަތުގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް އަމާޒުކުރެވިފައިވެއެވެ. 

ޕޯރޓަލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މައްސަލަ ހުށައަޅަނީ ކާކުކަން ބުނެދޭކަށް ނުޖެހޭ ކަމަށާއި، ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެ މުވައްޒަފެއްގެ އޮފީހުގައި ކޮރަޕްޝަންގެ މައްސަލައެއް އޮތް ނަމަ އެ ޕޯރޓަލް މެދުވެރިކޮށް ހުށައެޅުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އެކަމާ ގުޅިގެން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އަލަށް ތައާރަފްކުރި ޕޯރޓަލް މެދުވެރިކޮށް ކޮރަޕްޝަނާއި ދެކޮޅަށް ކުރަމުންގެންދަވާ މަސައްކަތްތަކަށް ކުރިއެރުމެއް ލިބޭނެ ކަމަށެވެ. 

ކޮންމެ މީހަކު ވެސް ހުށައަޅާ މައްސަލައެއްގެ މައުލޫމާތު ބަލަން ސެކިއުރިޓީ ކޯޑެއް ހަވާލުކުރާއިރު، މައްސަލައިގެ ހެކިވެރިއެއް ހުރިނަމަ ހެކިވެރިޔާގެ މައުލޫމާތާއި ގުޅުންހުރި ލިއެކިއުންތައް ރައްކާތެރި ގޮތެއްގައި ފޯރުކޮށްދެވޭނެ އިންތިޒާމު ވެބްސައިޓް މެދުވެރިކޮށް ވަނީ ހަމަޖެހިފައެވެ. .

އެ ޕޯރޓަލް އަކީ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ގްލޯބަލް ލީކްސް" އިން އުފައްދާފައިވާ ސޮފްޓްވެއަރއެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކާއި ބޮޑެތި މުއައްސަސާތަކުން އެ ޕޯރޓަލް ބޭނުންކުރާއިރު، ޕޯރޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާ ފަރާތް ސިއްރުކުރެވިގެން ވާނެ ކަމަށް ޕޯރޓަލް އިފްތިތާހު ކުރެއްވި ރަސްމިއްޔާތުގައި މައުލޫމާތު ދެެއްވާފައިވެއެވެ. އޭގެ އިތުރުން ހުށައަޅުއްވާ ލިއެކިއުންތައް ރައްކާތެރިކަމާއެކު ހުށެއެޅޭނެ ގޮތް ކަށަވަރު ކުރެއްވުމަށްޓަކައި ސޮފްޓްވެއަރ ގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޭނުން ކޮށްފައިވެއެވެ.  

އެންޓި ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓަރ ޖެނެރަލް އޮފީހާއި، ޓްރާންޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ކުރެއްވި މަސައްކަތުގެ ސަބަބުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވާއިރު، އަލަށް ތައާރަފް ކޮށްފައިވާ ޕޯރޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާ ފަރާތުގެ މަސްލަހަތު ރައްކާކުރެވި މައްސަލަތައް ރިޕޯރޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް