26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ހާމަކުރޭ ޕްރޮޓެސްޓް

މަޖިލިސް އިންތިޚާބުގެ ކުރިން މާލީ ބަޔާނާއި ކޮރަޕްޝަން ހާމަކުރުމަށް ކެންޕެއިނެއް!

  • ހިނގާލުން އޮތީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 12 ފެބުރުވަރީ 2019 | އަންގާރަ 09:17 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ގާނޫނީ ވަކީލް ޝުނާނާ -- ޓްވިޓަރ

އެޕްރީލް މަހުގެ 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރިން މަޖިލީހަށް ކުރިމަތިލާފައި ތިބި މެމްބަރުންނާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީގެ) ޚިޔާނާތުގައި ހިމެނޭ 155 މީހުންގެ ނަން ހާމަކުރުމަށް ބާރު އަޅާ "ހާމަކުރޭ" ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ނިންމައިފިއެވެ.

އެ ހިނގާލުން އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ވަކީލު މަރިޔަމް ޝުނާނާ ވިދާޅުވީ އަންނަ ހުކުރުދުވަހުގެ ހަވީރު 4:00 އިން ކާނިވާ ސަރަހައްދުން ފަށާ ހިނގާލުމުގައި ތިން ކަމަކަށް ގޮވާލާނެ ކަމަށެވެ. އެއީ މަޖިލީހަށް ކުރިމަތިލާ މީހުންގެ މާލީ ބަޔާން ހުށައެޅުމާއި އެމްއެމްޕީއާރުސީގެ ކަރަޕްޝަންގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރުމާއި އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީގެ) މެމްބަރުންގެ އިސްތިއުފާ ދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފޯކަސްކުރާނީ މައިގަނޑު ތިން ކަމަކަށް. އެއީ މަޖިލިސް މެމްބަރުންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ބޭނުން ކޮށްފައިވާ ފަރާތްތަކަށް ތިބި ކަމުގައިވާނަމަ އެނަންތައް ހާމަކޮށްދިނުމަށާއި މަޖިލިސް އިންތިޚާބުގެ ކުރިން ކުރިމަތިލާފައި ތިބި މެމްބަރުން  މާލީ ބަޔާން ހުށަނާޅުއްވާތިބި ފަރާތްތަކުގެ މާލީ ބަޔާން ހުށައެޅުއްވުމަށާއި އޭސީސީގެ މެމްބަރުންގެ މައްސަލަ ބަލައި ދިނުމަށް. އެއީ ފާއިތުވި ފަސްއަހަރުގައި ކުރަންޖެހޭ މަސައްކަތްތައް ނުކޮށްތިބިކަން އެބަ އެނގޭ. އެއީ މިހާރު ހާމަވާ މައުލޫމާތުތަކަށް ބަލާއިރު،" ޝުނާނާ ވިދާޅުވިއެވެ. 

އޭސީސީގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ 155 ބޭންކް އެކައުންޓަކަށް ޖަމާވިކަން ހާމަ ކުރައްވާފައެވެ.އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާގެ އަދަދު 1.4 ބިލިއަނަށް އަރައެވެ. ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައި ވެއެވެ. 

"މަޖިލިސް އިންތިޚާބުގެ ކުރިން ބޭނުންވާނެ އެއީ ކޮން ބޭފުޅުންނެއްކަން އެނގެން. އޭރުން އެމީހަކަށް އެނގޭނީ އެމީހަކު ބޭނުންވާ މީހާއަށް ނުވަ ތަ ޗޫސް ކުރާނެ މީހަކު އެނގެން. ބައެއްބޭފުޅުންގެ ނަން ހާމަ ކުރައްވާ ބައެއް ބޭފުޅުންގެ ނަން ހާމަ ނުކުރައްވާ. އެހެންވީމަ ހާމަ ނުކުރައްވާ ބޭފުޅުންގެ ނަން ވެސް މިހާރު ހާމަ ކުރައްވާށޭ. ހާމަ ކުރެވެން ޖެހޭނެކަމަށް އަޅުގަނޑު ދެކެނީ. " ޝުނާނާ ވިދާޅުވިއެވެ. 

ކަރަޕްޝަނުގެ ފައިސާ ވަދެފައިވާ އެކައުންޓުތަކުގެ ތަފްސީލު އާންމު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އޭސީސީއަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް ދަނީ ގޮވާލަމުންނެވެ.

ޝުނާނާ ވަނީ ކަރަޕްޝަނާ ދެކޮޅަށް ބާއްވާ ހިނގާލުމުގައި ބައިވެރިވާ ފަރާތްތަކުން ކަޅާއި ހުދުގެ ހެދުން ލުމަށް އިލްތިމާސްކުރައްވާފައެވެ. އެ ދެ ކުލައަކީ "ނިއުޓްރަލް" އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ކުލައަކަށް ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް