16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ހަކީމް އަލް އަރައިބީ

ތައިލެންޑުން ހައްޔަރުކުރި ފުޓުބޯޅަ ކުޅުންތެރިޔާ އެނބުރި އޮސްޓްރޭލިޔާއަށް ގޮސްފި

  • އޮސްޓްރޭލިއާ އިން ހަކީމް ސިޔާސީ ހިމާޔަތް ހޯދާފައި ވަނީ 2014 ވަނަ އަހަރު
އަބުދުﷲ މުހައްމަދު | 8Abbo

| 12 ފެބުރުވަރީ 2019 | އަންގާރަ 09:15 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ހަކީމް އަލް އަރައިބީ އަނބުރާ ގައުމަށް ގޮސްފި ނަމަ އަނިޔާއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފައި -- ގެޓީ އިމޭޖާސް

ތައިލެންޑުން ހައްޔަރުކޮށް ޖަލަށްލި ރެފިއުޖީ ފުޓްބޯޅަ ކުޅުންތެރިޔާ، ހަކީމް އަލް އަރައިބީ ދޫކޮށްލުމުން އޭނާ ދިރިއުޅޭ ގައުމު ކަމަށްވާ އޮސްޓްރޭލިއާ އަށް އެނބުރި ގޮސްފިއެވެ.

ބަހްރެއިންގެ ރައްޔިތެއް ކަމަށްވާ އަރައިބީ ބެންގކޮކުން ހައްޔަރުކޮށްފައި ވަނީ ބަހްރެއިނުން އިންޓަރޕޯލް މެދުވެރިކޮށް ނޯޓިސް ނެރެގެންނެވެ.

ބެންގކޮކްގެ ޖަލުގައި ދެ މަސްދުވަހު ބެހެއްޓުމަށް ފަހު ހޯމަ ދުވަހު އޭނާ ދޫކޮށްލާފައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމާއަތްތަކުން ގޮވާލަމުންދިޔަ ގޮވާލުމާ އެކު ބަހްރެއިނުން އޭނާގެ އެކްސްޓްރެޑިޝަން އަށް ކުރަމުންދިޔަ ޑިމާންޑް ހުއްޓާލުމުންނެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ މެލްބަންގެ އެއަރޕޯޓަށް ދިއުމާ އެކު އޭނާއަށް ތާއީދުކުރާ އެތައް ސަތޭކަ ސަޕޯޓަރުންނެެއް ވަނީ އުފާފާޅުކޮށްފައެވެ.

އެއަރޕޯޓްގެ ބޭރުގައި އެއްވެފައި ތިބި މީހުންނާ ވާހަކަ ދައްކަމުން އޭނާ ވަނީ އޮސްޓްރޭލިއާށް ޝުކުރު އަދާކުރާ ކަމަށް ބުނެފަައެވެ. އަދި އެތަނަށް އެހާ ބައިވަރު މީހުން އައުމުން ހައިރާންވެއްޖެ ކަމަށް ބުނެފައެވެ.

ހަކީމް އަލް އަރައިބީއަކީ ބަހްރެއިންގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ފާޑުކިޔަމުންދާ މީހަކަށްވާއިރު އޭނާ ފިލައިގެންގޮސް އޮސްޓްރޭލިއާ އިން ސިޔާސީ ހިމާޔަތްހޯދާފައި ވަނީ 2014 ވަނަ އަހަރުއެވެ.

އޮސްޓްރޭލިއާގައި އޭނާ އުޅެމުން ދަނިކޮށް ބަހްރެއިނުން ވަނީ ފުލުހުންގެ މަރުކަޒަކަށް ގެއްލުންދިން ކަމުގެ ދައުވާކޮށް 10 އަހަރުގެ ހުކުމެއް ކޮށްފައެވެ. އެ ދައުވާއަށް އޭނާ އިންކާރުކުރެއެވެ.

ބަހްރެއިނަށް އޭނާ އަނބުރާ ފޮނުވާލައިފި ނަމަ އޭނާއަށް އަނިޔާއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު އޮތް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް