26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އެސްޓީއޯ

ބައެއް ވިޔަފާރިތައް ހުއްޓާލާނަން، އެކަމަކު ސުޕަމާކެޓް ހުއްޓައެއް ނުލާނަން: އަމްރު

  • ބައެއް ވިޔަފާރިތައް ހުއްޓާލާނެކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 12 ފެބުރުވަރީ 2019 | އަންގާރަ 01:52 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


އެސްޓީއޯ ސްޕަރމާޓް -- ގޫގުލް

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ ބައެއް ވިޔަފާރިތައް ހުއްޓާލިއަސް އެސްޓީއޯ ސުޕަމާކެޓް ހުއްޓާލަން ގަސްތު ނުކުރައްވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެސްޓީއޯ ހިންގި ގޮތުން މާލީގޮތުން ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައިވާއިރު، އެ ކުންފުނީގެ ދަށުން ހިންގަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާ މި ދަނޑިވަޅުގައި އަމްރު ވިދާޅުވީ އެކުންފުނިން ކުރާ ގިނަ ވިޔަފާރިތައް ކުރަނީ ގެއްލުމުގައި ކަމަށެވެ. ހަމައެކަނި ފައިދާވާ ކަމެއްގެ ގޮތުގައި އެސްޓީއޯއިން ކުރާ ވިޔަފާރިއަކީ ތެލުގެ ވިޔަފާރިކަމަށް އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ ދަށުން ހިންގާ "އެސްޓީއޯ ހޯމް އިލެކްޓްރޯނިކްސް" ބަންދުކުރީ އެތަނުން ވިއްކާ މުދަލަކީ، އާއްމު ވިޔަފާރިތަކުންވެސް ވިއްކާ ޒާތުގެ މުދާ ކަމަށް ވުމާއިއެކު ކަމަށް އަމަރު ވިދާޅުވި އެވެ. އެގޮތަށް އެކަން ކުރަން ޖެހުނީ، އާއްމު ވިޔަފާރިތަކަށް ޖާގަދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

"އާއްމު ވިޔަފާރިތަކަށް ފެސިލިޓޭޓް ކޮށްދޭ ބައެއްގެ ގޮތުގައި އެސްޓީއޯ އޮންނާނީ. އެކަމަކު އެސްޓީއޯގެ ސުޕަމާކެޓް ބަންދެއް ނުކުރާނެ. ސަބަބަކީ އެތަނުން އެބަ ވިއްކާ ކޮންމެހެން އަގުހެޔޮކޮށް ވިއްކަން ޖެހޭ އެއްޗެހި. ޚާއްސަކޮށް ރޯދަ މަހަށް ޚާއްސަ ބާވަތްތައް" އަމްރު ވިދާޅުވިއެވެ.

ސުޕަމާކެޓް ހިންގިޔަސް އެތަނުގެ ވިޔަފާރިއަކީ ކުދި ވިޔަފާރިތަކާއި ވާދައަށް ހިންގާ ވިޔަފާރިއަކަށް ނުވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް