26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީ

ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީއިން ރައީސަށް މައުލޫމާތު އަރުވައިފި

  • ކޮމިޓީން އެއްކުރި މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރުމަށް ރައީސް އެދިވަޑައިގެންނެވި
އާމިނަތު ނުޒުހާ | nuzu8121

| 12 ފެބުރުވަރީ 2019 | އަންގާރަ 00:28 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ފްލެޓްތަކުގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގެ ބޭފުޅުން -- ރައީސް އޮފީސް

ފްލެޓްތަކުގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މައުލޫމާތު އަރުވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ހިޔާ މަޝްރޫއާ ގެދޮރުވެރިކުރުމާއި ގުޅީފަޅު ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ގޮތާއި ފްލެޓްތައް ދޫކޮށްފައިވާ ގޮތް ރިވިއުކޮށް، އިންސާފުވެރި އަދި ދެފުށް ފެންނަ ގޮތަކަށް, ފްލެޓް ލިބުން ހައްގުވާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތް ހެދުމަށް މަގުފަހިކޮށްދިނުމަށް ރައީސް ސޯލިހް އެކުލަވައިލެއްވި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ.

ކޮމިޓީގެ މަސައްކަތްތައް ރާއްވާފައިވާ ގޮތާއި މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެއްވުނު ކަންކަމާ ބެހޭ މައުލޫމާތު ކޮމިޓީގެ ފަރާތުން ރައީސަށް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެއްވުމަށް ރައީސް އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް މީޑިއާ މެދުވެރިކޮށް އާންމުންނަށް މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށްވެސް ކޮމިޓީއިން ބުނެފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮމިޓީން ކުރައްވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށާއި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ކޮމިޓީން ކަންކަން ނިންމެވުމުގައި ރައްޔިތުންނަށް އެންމެ ލުއިފަސޭހަ ގޮތަކަށް ކަންކަން ނިންމެވުމަށް އިސްކަން ދެއްވުމަށް ރައީސް ވިދާޅުވި އެވެ.

ފުލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގައި މިހާރު ތިއްބަވަނީ، މުހައްމަދު މުއިއްޒު އަދުނާނާއި، ޝީރީން ނާހިދާ ލަތީފާއި، ފާތިމަތު ރަޝީދާއާއި، އަހުމަދު ތޮލާލްގެ އިތުރުން ބަންޑާރަ ނައިބްގެ އޮފީހުގެ ވަކީލެއްގެ ހައިސިއްޔަތުން އަލީ ޝުހައިލް މުހައްމަދެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

dhw

2 މަސް ކުރިން

So far this government has been very secretive about every thing. I gav my vote to ibu thinkin that he wud b more tranparent. but the deals they make and the arrangements they are making about the YAG deals are UNKNOWN. still hoping for a better gov

0
1