
| 11 ފެބުރުވަރީ 2019 | ހޯމަ 19:53 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އާސެނަލްއަށް ކުޅެމުން އަންނަ މެސުޓް އޮޒިލް ވިއްކާލަން އެ ކްލަބުގެ ބޯޑުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އާސެނަލް އިން އޮޒިލް ވިއްކާލަން ނިންމާފައި ވަނީ އެ ކްލަބުގެ މާލީ ހާލަތު މިވަގުތު ހުރި ގޮތުންނެވެ.
އެގޮތުން އެ ކްލަބުގެ އަމާޒަކީ އޮޒިލް ބޮޑު އަގުގައި ވިއްކާލާ ކުރިޔަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިދިޔަ ޓްރާންސްފާ ބާޒާރުގައި އާސެނަލްއަށް ކުޅުންތެރިން ނުހޯދުނީ މާލީ ހާލަތު ތަން ނުދިނުމުންނެވެ. އެޓީމުން މިދިޔަ ޓްރާންސްފާގައި ގެނެސްފައި ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޑެނިސް ސުއަރޭޒް އެކަނިއެވެ.
ޝާލްކޭ އިން 2006 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި އޮޒިލް ވަނީ ވާޑަބްރޭމަން އަދި ރެއާލް މެޑްރިޑަށްވެސް ކުޅެފައެވެ. އޭނާ އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ.
އޮޒިލް ވަނީ އާސެނަލްއަށް މިހާތަނަށް ކުޅުނު 213 މެޗުގައި 41 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމާއެކު ތިން އެފްއޭ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް އެއްފަހަރު ކާމިޔާބުކޮށްފައެވެ.
ރެއާލް މެޑްރިޑާއެކު ލަލީގާ އާއި ކޮޕާޑެލްރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައިވާ އޮޒިލް ވަނީ ރެއާލްގައި ހޭދަކުރި ހަތަރު ސީޒަނުގައި އެޓީމަށް ކުޅުނު 159 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.
ޖަރުމަން ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި 23 ލަނޑު ކާމިޔާބުކޮށްފައިވާ އޮޒިލް ވަނީ އެޓީމާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ އިތުރުން 2009 ވަނަ އަހަރު 21 އަހަރުން ދަށުގެ ޔޫރޯވެސް ކާމިޔާބުކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް