26 އޭޕުރިލް 2019 | ހުކުރު | 06 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ތެލުގެ ވިޔަފާރި

ޔަމަންގެ ތެލުގެ ވިޔަފާރި ފުޅާކޮށް، ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު އިތުރު ކުރަނީ

  • އަމާޒު ހިފާފައިވަނީ ދުވާލަކު 75،000 ފީފާގެ ތެޔޮ އެކްސްޕޯޓް ކުރުމަށް
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 11 ފެބުރުވަރީ 2019 | ހޯމަ 18:21 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ޔަމަނުގެ ތެޔޮ ޕްލާންޓެއް -- އާކައިވް

ޔަމަންނުން ކުރާ ތެލުގެ ވިޔަފާރި އިތުރަށް ފުޅާކޮށް، 2019 ވަނަ އަހަރު ނިމުމުގެ ކުރިން ދުވާލަކު 75،000 ފީފާ ތެޔޮ އެކްސްޕޯޓް ކުރުމަށް އަމާޒު ހިފައިފިއެވެ.

ރޮއިޓަރޒްއާ ވާހަކަ ދައްކަވަމުން ޔަމަނުގެ ތެލާ ބެހޭ ވަޒީރު، އައުސް އަބްދުﷲ އަލްއައުދު ވިދާޅުވީ، ޔަމަނުން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް އަމާޒު ހިފާފައިވާއިރު، އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން، ދުވާލަކު 110،000 ފީފާގެ ތެޔޮ އުފައްދައި، އެއިން 75،000 ފީފާ އެކްސްޕޯޓް ކުރުން ކަމަށެވެ. އައުސް އިތުރަށް ވިދާޅުވީ އެ ޤައުމުގެ ތެޔޮ އެކްސްޕޯޓް ފުޅާކުރުމަށް އަރަބި ކަނޑަށް ޕައިޕްލައިނެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ހަނގުރާމާއިގައި ވީރާނާވެފައިވާ ޔަމަނުން 2014 ވަނަ އަހަރު ދުވާލެއްގެ މައްޗަށް 127،000 ފީފާގެ ތެޔޮ އުފައްދާފައިވާއިރު، ހަނގުރާމައިގެ ސަބަބުން ތެލުގެ ވިޔަފާރިއަށް ބުރޫއަރައި، 2018 ވަނަ އަހަރު އެ ޤައުމަށް ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް އުފެއްދިފައި ވަނީ 50،000 ފީފާގެ ތެލެވެ. މީގެ ތެރެއިން ނިމިގެންދިޔަ އަހަރު އެ ޤައުމަށް އެކްސްޕޯޓް ކުރެވިފައި ވަނީ މަދު އިންސައްތައެކެވެ.

އެމެރިކާގެ އެނަރޖީ އިންފޯމޭޝަން އެޑްމިނިސްޓްރޭޝަންގެ ހިސާބުތަކުން ދައްކާ ގޮތުން ޔަމަނުގެ ތެޔޮވަޅުތަކަކީ ތިން ބިލިއަން ފީފާގެ ތެލުގެ ރިޒަރވެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް