16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

އެފްރިކަން ޔޫނިއަން

އެފްރިކަން ޔޫނިއަންގެ ހުންގާނު މިޞްރަށް؛ އިސްކަންދޭނީ ސަރަޙައްދުގެ ސަލާމަތަށް!

  • އެންމެ ފަހުން އެ މަޤާމު ފުރުއްވީ ރުވާންޑާގެ ރައީސް ޕޯލް ކަގާމޭ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 11 ފެބުރުވަރީ 2019 | ހޯމަ 18:01 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


މިޞްރުގެ ރައީސް ސީސީ -- އޭއެފްޕީ

އެފްރިކާ ބައްރުގެ ޤައުމުތައް ހިމެނޭ އިއްތިހާދު، އެފްރިކަން ޔޫނިއަންގެ ޗެއާމަންކަމަށް މިޞްރުގެ ރައީސް ޢަބްދުލް ފައްތާޙު އަލް ސީސީ އިންތިޚާބުކޮށްފިއެވެ.

އެ އިއްތިހާދުގެ ވެރިއަކަށް ރައީސް ސީސީ އިންތިޚާބުކޮށްފައި ވަނީ އިތިއޯޕިއާގައި މިހާރު ކުރިއަށްދާ އެ އިއްތިހާދުގެ ސަމިޓުގައެވެ. ރައީސް ސީސީގެ ކުރިން، ވޭތުވެ މި ދިޔަ އަހަރު އެފްރިކަން ޔޫނިއަންގެ ޗެއާމަންކަން ކުރެއްވީ ރުވާންޑާގެ ރައީސް ޕޯލް ކަގާމޭއެވެ.

މަޤާމާ ހަވާލުވެވަޑައިގެން އިއްތިހާދާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސީސީ ވިދާޅުވީ އެމަނިކުފާނުގެ ޗެއާމަންކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެފްރިކާ ބައްރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކަމަށެވެ.

އެފްރިކަން ޔޫނިއަންގެ ކަންކަން ހަމަޖެހިފައި އޮންނަ ގޮތުން އެއް އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ އެ އިއްތިހާދުގެ ޗެއާމަން ވެގެންދަނީ އެ އަހަރުތެރޭގައި އެފްރިކާ ބައްރުގައި އިސްކަންދޭނެ ކަންކަން ކަނޑައަޅާ އިސް ފަރާތަށެވެ. އެންމެ ފަހުން އެ މަޤާމު ފުރުއްވި ކަގާމޭ ވަނީ އެމަނިކުފާނުގެ ދައުރުގައި، ކޮންގޯގައި ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް އިއްތިހާދުގެ ފެންވަރުގައި ގޮންޖައްސަވާފައެވެ.

އެފްރިކަން ޔޫނިއަންގެ ޗެއާމަން ކަމަށް ރައީސް ސީސީ އިންތިޚާބު ވެވަޑައިގަތްއިރު، މިޞްރުގެ ވެރިއަކު އެފްރިކަން ޔޫނިއަންގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައި މިވަނީ ގިނަ ދުވަސްތަކަކަށްފަހުއެވެ. އެ ޤައުމުން އެފްރިކަން ޔޫނިއަންގެ ބައްދަލުވުންތަކުގައި ބައިވެރިވުން ހުއްޓާލީ 1995 ވަނަ އަހަރު ބޭއްވި އެ އިއްތިހާދުގެ ބައްދަލުވުމުގައި މިޞްރުގެ އޭރުގެ ރައީސް ހުސްނީ މުބާރަކް އަވަހާރަ ކޮށްލުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް