16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މޯލްޑިވްސް ލިވިންގް އެކްސްޕޯ

މިއަދަކީ ލިވިން އެކްސްޕޯގެ ފަހު ދުވަސް، ބޮޑު ތަރުހީބެއް ދަނީ ލިބެމުން: ހައިރައިޒް

  • މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 9 އަކުން 11އަށް
  • އެސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހަޅާފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 11 ފެބުރުވަރީ 2019 | ހޯމަ 15:46 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019ގެ ތެރެއިން -- ރާއްޖެއެމްވީ

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ 7 ވަނަ އެޑިޝަންއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިއަދަކީ އެކްސްޕޯގެ ފަހު ދުވަސް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ، މިއަދަކީ އެކްސްޕޯގެ ފަހު ދުވަސް ކަމަށްވާއިރު ތިން ދުވަހަށް ކުރިއަށް ގެންދާ މިފަހަރުގެ އެކްސްޕޯއަށް ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

އެކްސްޕޯ ކުރިއަށްދަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި، ރިއަލްއެސްޓޭޓް ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ފަރުނީޗަރު ވިއްކާ ކުންފުނިތައް ކަމަށްވާއިރު، ފާށަނާ މާލަމުން ފެނިގެންދާނީ ގެދޮރަށް ބޭނުންވާ އެހެނިހެން އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކެވެ.

މި އެކްސްޕޯ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް، ކުރިއަށްދާއިރު ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ 30 އެގްޒިބިޓަރުން އެކްސްޕޯގައި ބައިވެރިވެފައި ވެއެވެ.

އެކްސްޕޯ ކުރިއަށްދާނީ މި ތިން ދުވަހު ވެސް މެންދުރު ފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަކަށެވެ.

ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ މި ދާއިރާގެ އެންމެ ބޮޑު އެކްސްޕޯއެވެ.

ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާ މިއެކްސްޕޯގައި މިފަހަރުވެސް ގެދޮރުގެ ވިޔަފާރި ކުރާ ފަރާތްތަކާ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި ގެދޮރަށް ބޭނުންވާ ސާމާނު ލިބެން ހުންނާނެ ތަންތަނާ، ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތާ ގެއެއް ފުރިހަމަވާނެ ހުރިހާ ގޮތެއް އެކްސްޕޯއިން ފަހިވެގެންދާނެ ހައިރައިޒުން ބުންޏެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އެކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.

އެލައިޑްގެ ފަރާތުން ބުނީ އެލައިޑްގެ ސްޓޯލް މެދުވެރިކޮށް އެ ކުންފުނީގެ މޮބައިލް އެޕްގެ މައުލޫމާތާއި އެ ކުންފުނިން ފޯރުކޮށްދޭ އިންޝުއަރެންސް ޕޮލިސީގެ ތަފްސީލީ މައުލޫމާތެއް ލިބިގެންދާނެ ކަމަށެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހެޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިއެކްސްޕޯގައި މި އަހަރުގެ ވަރަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައިވާކަމަށް ހައިރައިޒުން ވަނީ ބުނެފައެވެ.

މި ފަހަރުގެ އެކްސްޕޯގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ މުނި، ރެއިންބޯ އަދި ޖާހް އިންވެސްޓްމަންޓުން ވަނީ ބައިވެރިވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް