26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޕައިލެޓް އިބޮސްޓޮން

ޕައިލެޓް ޑޭވިޑް އިބޮސްޓޮން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް!

  • ޕައިލެޓް ޑޭވިޑް އިބޮސްޓޮންގެ އަދިވެސް ފެނިފައެއް ނުވޭ
  • ހޯދުމުގެ މަސައްކަތަށް ކީލިއަން އެމްބަޕޭ ވަނީ 27،000 ޔޫރޯ ދީފައި
މިއުނާ ހަސަން | @miuna_hassan

| 11 ފެބުރުވަރީ 2019 | ހޯމަ 14:19 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ޕެއިލެޓް ޑޭވިޑް އިބޮސްޓޮން -- ގޫގުލް

ޖެނުއަރީ 21 ވަނަ ދުވަހު ފްރާންސް ގަޑިން ރޭގަނޑު 19:15 ގައި ނެންޓެސް އިން ނައްޓާލައިގެން ކާޑިފްއަށް ދަތުރު ކުރަމުން ދަނިކޮށް ގެއްލުނު ޕައިޕާ މަލިބޫ ނަމަކަށް ކިޔާ ޖެޓު ފެނިފައިވާއިރު، އެ ޖެޓުން ދަތުރުކުރި ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާގެ ހަށިގަނޑު ވެސް ވަނީ ފެނިފައެވެ.

ނަމަވެސް ޖެޓް ދުއްވަން އިން ޕައިލެޓް ޑޭވިޑް އިބޮސްޓޮންގެ އަދިވެސް ފެނިފައެއް ނުވެއެވެ.

އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި މި ޖެޓު ފެނިފައި ވަނީ ކަނޑުގެ 65 މީޓަރު އަޑިންނެވެ.

މި ޖެޓު ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށް ވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ސަލާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.

ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަދި ގިނަ ބަޔަކު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އޭއޭއައިބީ ނަމަކަށް ކިޔާ ކުންފުންޏަކުން މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރިމޯޓުގެ ޒަރިއްޔާ އިން ކޮންޓްރޯލްކުރާ އާރްއޯވީ ބޭނުންކޮށްގެންނެވެ.

ޕައިލެޓް އިބޮސްޓޮންގެ އާއިލާއާ ހަވާލާދީ ރިޕޯރޓްތައް ބުނާ ގޮތުގައި ސަލާގެ ހަށިގަނޑު ފެނުމުން ސާޗް ހުއްޓާލުމުން އާއިލާ އަށް ކުރިމަތިވީ އިތުރު ހިއްދަތިކަމަކާއެވެ. އާއިލާއިން ބޭނުން ވަނީ އިބޮސްޓޮންގެ ހަށިގަނޑު ހޯދަން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

އިބޮސްޓޮން ހޯދުމަށް އާއިލާއިން ހުޅުވާފައިވާ ފަންޑަށް ގިނަ އަދަދެއްގެ މީހުން އެހީތެރިވަމުންދާއިރު ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކީލިއަން އެމްބަޕޭ ވަނީ 27،000 (ހަތާވިސް ހާސް) ޔޫރޯ ފަންޑަށް ދީފައެވެ.

މިހާތަނަށް 130،000 (އެއްލަކަ ތިރިސް ހާސް) ޔޯރޯ ފަންޑަށް ލިބިފައިވާއިރު ސާރޗް ކުރިއަށް ގެންދިއުމަށް 300،000 (ތިން ލައްކަ) ޔޫރޯ ބޭނުން ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް