26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޑިފެންސް މިނިސްޓަރު

އިންޑިއާގެ ނޫހަށް ދެއްވި އިންޓަވިއުއާއި ގުޅިގެން ޑިފެންސް މިނިސްޓަރ މަޖިލީހަށް ހާޒިރުކުރަނީ

  • މިނިސްޓަރ ހާޒިރުކުރަން ހުށަހެޅީ ޕީޕީއެމަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު
ދާނިޝް ނިޡާމް | Dhaanish_Nizam

| 11 ފެބުރުވަރީ 2019 | ހޯމަ 12:47 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  4. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  5. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި


ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ -- އާކައިވް

އިންޑިއާގެ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލްއަށް ދިން އިންޓަވިއުގައި ބޭނުންވެއްޖެނަމަ އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ހާޒިރުކުރަން ޕީޕީއެމަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ހުށަހަޅުއްވައިފިއެވެ.

ކުރުމަށް ހަމަޖެހިފައިވާ ސުވާލު ހިމެނޭ ނޯޓިސް

މިނިސްޓަރ މާރިޔާ "އިންޑިއާ އިން ބޭނުން ނަމަ ރާއްޖެ ހިފިދާނެ" ކަމަށާއި އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭނަމަ، އެކަން ހުއްޓުވަން ކުރާނެ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެކަމާއި ގުޅޭ ގޮތުން ފެބްރުއަރީ 7 ވަނަ ދުވަހުގެ ރޭ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިންޓަވިއުގައި ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާ އަވަށްޓެރި އިންޑިއާ އަކީ ޒަމާނުއްސުރެ އެއް ޤައުމު އަނެއް ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް އިހްތިރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ޤައުމުކަމާއި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑުކަމުގައި ވިޔަސް ދެ ޤައުމު އަބަދު ވެސް، ދެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހްތިރާމް ކުރާ ކަމަށެވެ. .

މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށް ދެއްކެވި ވާހަކަފުޅު އޮޅޭ ގޮތަށް ފަތުރަމުންދާ ހަބަރުތަކަކީ ޤައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލުމަށް ފަތުރަމުންދާ ހަބަރެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޑިފެންސް މިނިސްޓަރ މަޖިލީހަށް ޙާޒިރުކުރާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވަނީ ހޯމަދުވަހުގެ ރޭ ވިދާޅުވެފައެވެ. މިނިސްޓަރގެ އިންޓަވިއު އާއި ގުޅިގެން އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފާޑުކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެކަންއޮތީއެގޮތަށް

2 މަސް ކުރިން

ތެދަށް ބުންޔަސް ސަލާމަތެއްނެތް، މާރިޔާ އެބުނީހަމަތެދެއް. އެކަންއޮތީއެގޮތަށް

5
1
ބުންޔަސް

2 މަސް ކުރިން

ތެދަށް ބުންޔަސް ސަލާމަތެއްނެތް، މާރިޔާ އެބުނީހަމަތެދެއް. އެންއޮތީއެގޮތަށް

3
1