16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފޯބްސް

ފޯބްސް: އެތުލީޓުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބެނީ ބޮކްސިންތެރިއަކަށް!

  • އެންމެ ބޮޑު މުސާރައެއް ލިބެނީ ބޮކްސިންތެރިޔާ ފްލޮއިޑް މޭވެދާއަށް
  • މެސީ ދެވަނާގައި، ރޯނާލްޑޯ ތިންވަނާގައި
މިއުނާ ހަސަން | @miuna_hassan

| 11 ފެބުރުވަރީ 2019 | ހޯމަ 12:34 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ފޯބްސްގެ ލިސްޓުގައިވާ ބައެއް އެތްލީޓުން -- ގޫގުލް

ފޯބްސްގެ ލިސްޓުން ދައްކާ ގޮތުގައި އެތުލީޓުންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބެނީ ބޮކްސިންތެރިޔާ ފްލޮއިޑް މޭވެދާއަށެވެ.

މުސާރާއިގެ ގޮތުގައި 275 މިލިއަން ޑޮލަރު، އެންޑޯސްމެންޓް ގޮތުގައި 10 މިލިއިން ޑޮލަރު އޭނާގެ ނެޓް ވޯތްގައި ވެއެވެ.

ހަބްލޮޓުން ސްޕޮންސަރ ކޮއްފައިވާ ފްލޮއިޑް ކެރިއާ ފެށުނީ 1996 ވަނަ އަހަރުގެ އޮލިމްޕިކްސްއިންނެވެ.

ފްލޮއިޑް މޭވެދާ 

ލިސްޓްގެ ދެވަނާގައި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ 111 މިލިއަން ޑޮލަރާއި އެކު އޮތްއިރު ލިސްޓުގެ ތިންވަނާގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ރޮނާލްޑޯއަށް މުސާރައިގެ ގޮތުގައި 108 މިލިއަން ޑޮލަރު ލިބެއެވެ. މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ މަގާމުގައި އޮތް ރޮނާލްޑޯގެ މަގާމުގައި މިހާރު އޮތީ މެސީއެވެ.

ފޯބްސް ލިސްޓްގެ ހަތަރުވަނާގައި މިކްސްޑް މާޝަލް އާރޓިސްޓް ކޯނަރ މެކްގްރެގާ 99 މިލިއަން ޑޮލަރާއި އެކު އޮތްއިރު ލިސްޓްގެ ފަސްވަނާގައި 90 މިލިއަން ޑޮލަރާއިއެކު އޮތީ ޕީއެސްޖީގެ ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާއެވެ.

ބާސްކެޓް ކުޅުންތެރިޔާ ލެބްރޮން ޖޭމްސް ލިސްޓްގެ ހަވަނާގައި އޮތީ 85.5 މިލިއަން ޑޮލަރުގެ މުސާރައަކާއި އެއްކޮންނެވެ.

ދުނިޔޭގެ އެންމެ މޯޅު ޓެނިސް ކުޅުންތެރިޔާގެ މަގާމު އެކި ފަހަރުމަތިން ހޯދާފައިވާ ރޯޖާ ފެޑްރާ އޮތީ ފޯބްސް ލިސްޓުގެ ހަތްވަނާގައެވެ. ރޯޖާ ފެޑްރާގެ މުސާރައަކީ 77.2 މިލިއަން ޑޮލަރެވެ.

ލިސްޓްގެ ނުވަ ވަނާގައި އެމެރިކަން ފުޓްބޯލް ކުޅުންތެރިޔާ މެޓް ރައިޔަން 67.3 މިލިއަން ޑޮލަރާއި އެކު އޮތް އިރު ލިސްޓްގެ ދިހަވަނަ  ލިބެނީ 69.5 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ސްޓެފޯޑެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް