21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ވެމްކޯ

މުވައްޒަފުންނަށް މުސާރައާއި ޕެންޝަން ނުދޭ ވާހަކަ އެއީ ހަޤީޤަތެއް ނެތް ވާހަކައެއް: ވެމްކޯ

  • ދެ މުވައްޒަފަކަށް މުސާރަ ޖަމާ ނުވާ މައްސަލައެއް ދަނީ ބަލަމުން
ލައިޝާ އަހްމަދު | LailaAhmeds

| 11 ފެބުރުވަރީ 2019 | ހޯމަ 10:37 | |

ވެމްކޯގެ މުވައްޒަފުން -- ފޮޓޯ: މުހައްމަދު ޝަރުހާން

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުންނަށް މުސާރަ ނުދޭ ވާހަކަ އެއީ ހަޤީޤަތެއް ނެތް ވާހަކައެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ލާރި ޖަމާ ނުކުރާ ކަމަށް ފެތުރެމުންދާ ޚަބަރުތަކާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެއްވެސް މުވައްޒަފަކަށް މުސާރަ ނުދީ ނުހުންނާނެ ކަމަށާއި، ޕެންޝަން ލާރި ވެސް ބަރާބަރަށް އެ ކުންފުނިން ދޭ ކަމަށެވެ. 

އޭނާ ވިދާޅުވީ، 2 ސްޓާފެއްގެ މުސާރަ ޖަމާ ނުވާ މައްސަލަ ހުށައަޅާފައިވާ ކަމަށާއި، ވެމްކޯއިން އެކަން ބަލަމުންދާ ކަމަށެވެ. އޭގެ އިތުރުން ކޮންޓްރެކްޓް މުވައްޒަފުންނަށް އާންމުކޮށް މުސާރަ ޖަމާ ކުރަނީ މަހުގެ 10 ގެ ކުރިން ކަމަށާއި، މަސް ނިމުމުން ވެސް މުސާރަ ނުދީ ލަސްކުރާ ކަމުގެ ޚަބަރު ފަތުރަމުން ދަނީ އެހެން ވުމުގެ ސަބަބުން ކަަމަށް ބެލެވޭ ކަމަށެވެ. 

އެކަމާ ގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ، ޕެންޝަން ސްކީމްގައި ވެމްކޯގެ މުވައްޒަފުން ހިމަނާފައިވާ ކަމަށާއި، ވަކި މުވައްޒަފަކަށް ޕެންޝަން ނުލިބޭ ކަމުގެ ޝަކުވާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ޝަކުވާއެއް އައިސްފިނަމަ ޕެންޝަން ސްކީމްގެ އުސޫލުތަކާ އެއްގޮތަށް އެކަން އިންތިޒާމު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް