21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީ ލަދުގަންނަވާލާ ސިޓީ އެއްވަނައަށް ޖެހިލައިފި

  • ޗެލްސީގެ މައްޗަށް ސިޓީ ކުރިހޯދީ 0-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 11 ފެބުރުވަރީ 2019 | ހޯމަ 04:58 | |

ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ޗެލްސީ ލަދުގަންނަވާލާ މެންޗެސްޓާ ސިޓީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޗެލްސީއާ ވާދަކޮށް ސިޓީން މެޗު ކާމިޔާބުކުރީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ.

މި ލަނޑަށްފަހުވެސް ސިޓީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން 13 ވަނަ މިނެޓުގައި ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ސިޓީގެ ތިންވަނަ ލަނޑު 21 ވަނަ މިނެޓުގައި ފެނިގެންދިޔައިރު، މި ލަނޑުވެސް ކާމިޔާބުކުރީ އަގުއެރޯއެވެ. އެޓީމުގެ ހަތަރުވަނަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގުންޑޮގަންއެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއަކުން ޗެލްސީގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ ފަސްވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށް އަގުއެރޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މިއީ އަގުއެރޯ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި 11 ވަނަ ހެޓްރިކެވެ. ޕްރިމިއާ ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި އެލަން ޝިއެރާއަށްވެސް ހެދިފައިވަނީ 11 ހެޓްރިކެވެ.

ސިޓީގެ ފަރާތުން ފެނިގެންދިޔަ ހަވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ. މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރީ ސްޓާލިންއެވެ.

މި ނަތީޖާއާއެކު 27 މެޗުން ލިބުނު 65 ޕޮއިންޓާއެކު ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އޮތް ލިވަޕޫލްއަށް ސިޓީއާ އެއް އަދަދަކަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބެނީ ސިޓީއަށެވެ. ސިޓީ ވަނީ ލިވަޕޫލްއަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.

މެޗުން ބަލިވި ޗެލްސި އޮތީ ކުޅުނު 26 މެޗުން ލިބުނު 50 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. ފަސްވަނައިގައި އޮތް އާސެނަލްއަށްވެސް 50 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ ހަވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާ ވަނީ ލެސްޓާ ސިޓީއަތުން 1-3 ގެ ނަތީޖާއިން މޮޅުވެފައެވެ.

ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޑެވިންސަން ސަންޗޭޒް އާއި ކްރިސްޓިއަން އެރިކްސަން އަދި ސޮންއެވެ. ލެސްޓާގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޖެމީ ވާޑީއެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 26 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާޥަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 26 މެޗުން ލިބުނު 32 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް