21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ޖުމްހޫރީ ޕާޓީ

އިތުރު 8 ބޭފުޅަކަށް ޖޭޕީގެ ޓިކެޓް ދީފި

  • މަޖިލިސް އިންތިހާބުގައި ޖޭޕީން ވާދަކުރާ ދާއިރާތަކުގެ އަދަދު މިހާރު 44 އަށް އަރާ
އާމިނަތު ނުޒުހާ | nuzu8121

| 10 ފެބުރުވަރީ 2019 | އާދީއްތަ 23:42 | |

ޖޭޕީގެ ޓިކެޓް ދިން ބޭފުޅުން -- ރާއްޖެއެމްވީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން އިތުރު 8 ބޭފުޅަކަށް އެޕާޓީން ޓިކެޓް ދިީފިިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން އަލަށް ޓިކެޓު ދީފައިވަނީ އިހަވަންދޫ ދާއިރާ މިލަންދޫ ދާއިރާ ނޮޅިވަރަމް ދާއިރާ، ހޮޅުދޫ ދާއިރާ، ކިނބިދޫ ދާއިރާ، މަޑަވެލި ދާއިރާ، އަދި ނައިފަރު ދާއިރާގެ އިތުރުން އައްޑޫ މީދޫ ދާއިރާއަށެވެ.

މަޖިލީހަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ބާރު އެ ޕާޓީގެ ބާނީ ގާސިމް އިބުރާހިމަށް ދެއްވާފައިވާއިރު، އެ އަށް ބޭފުޅުންނަށް ޓިކެޓް ހަވާލުކުރެއްވުމަށްފަހު ގާސިމް ވިދާޅުވީ، އަދިވެސް އިތުރު ދާއިރާތަކަށް ޓިކެޓް ހަވާލުކުރެވިގެން ދާނެކަމަށެވެ.

މީގެ ކުރިންވެސް ޖޭޕީން ވަނީ 36 ބޭފުޅަކަށް ޓިކެޓު ދީފައެވެ. އެހެންކަމުން ޖޭޕީން މަޖިލިސް އިންތިހާބުގައި ވާދަކުރާ ދާއިރާތަކުގެ އަދަދު މިހާރު ވަނީ 44 އަށް އަރައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް