21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް

އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

  • މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހު
ލީވާން އަލީ | MrLeevaan

| 10 ފެބުރުވަރީ 2019 | އާދީއްތަ 18:08 | |

މިދިޔަ އަހަރު ބޭއްވުނު އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގެ ތެރެއިން -- އިމޭޖަސް.އެމްވީ

ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 16 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފަހަރުގެ މުބާރާތުގައި ޓީމް އިވެންޓްގެ އުމުރުފުރާތަކަކީ 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. އެއީ އަންހެން ފިރިހެން ހިމެނޭ ގޮތަށެވެ.

މުބާރާތުގެ އަމިއްލަ އިވެންޓުތަކުގެ އުމުރުފުރާތަކަކީ 12 އަހަރުން ދަށުގެ ސިންގަލްސް، 14 އަހަރުން ދަށުގެ ސިންގަލްސް އަދި ޑަބަލްސް، 16 އަހަރުން ދަށުގެ ސިންގަލްސް އާއި ޑަބަލްސް އަދި މިކްސްޑަބަލްސް، 19 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑަބަލްސްއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް / މަދަރުސާތަކުންނާއި، އިންޑިވިޖުއަލް އިވެންޓުތަކުގައި ބައިވެރިވާން އެދޭ އެންމެހައި ސްކޫލް / މަދަރުސާތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު ސްކޫލް މެދުވެރިކޮށް މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެސޯސިއޭޝަނަށް ހުށަހަޅަން އެދޭ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު އެ އެސޯސިއޭޝަންގެ ވެބްސައިޓް www.badmintonmaldives.org.mv އިން ލިބެން ހުންނާނެ ކަމަށެވެ.

މީގެއިތުރުން އެ އެސޯސިއޭޝަނުން ބުނީ މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރުފަހު 13:30 އިން ހަވީރު 16:00 އަށް އެސޯސިއޭޝަންގެ ފޯން ނަމްބަރު 3314057 އަށް ގުޅޭނެ ކަމަށެވެ.

މުބާރާތުގައި ބައިވެރިވާ ސްކޫލްތަކުގެ ދިދަ، މުބާރާތް ކުޅޭ ސަރަހައްދުގައި ބެހެއްޓުމަށް ބޭނުންވާ ކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

އަންނަ މާޗު މަހުގެ ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ޝެޑިއުލްކޮށްފައިވަނީ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް