26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޑޭވިޑް ބެކަމް

ޑޭވިޑް ބެކަމްގެ ސިފައިގައި ހަދާފައިވާ ބުދެއް ލޮސްއެންޖެލިސްގައި ބަހަށްޓަނީ

 • ބެކަމްއަކީ ފެޝަންގެ ދުނިޔޭގައިވެސް ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިއެއް
 • ބެކަމްއަކީ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ ތަރިއެއް
 • ތިއަރީ ހެންރީ އަދި ވޭންރޫނީ ފަދަ ކުޅުންތެރިން ވަނީ އެމީހުންގެ ކެރިއާގެ ފަހުކޮޅު އެމެެރިކާއަށް ބަދަލުވެފަ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 10 ފެބުރުވަރީ 2019 | އާދީއްތަ 12:04 | |

މަގުބޫލް

 1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
 2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
 3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
 4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
 5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
 6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
 7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
 8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް -- ގޫގުލް

ޑޭވިޑް ބެކަމްގެ ބުދެއް އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ލޮސްއެންޖެލިސްގައި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ޝަރަފުގައި ހަދާފައިވާ މި ބުދު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ގެލެކްސީ ފުޓްބޯޅަ ކުލަބުގެ ސްޓޭޑިއަމްގެ ބޭރުގައެވެ.  އަދި މި ބުދު އާންމުންނަށް ދައްކާލުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ 2 ވަނަ ދުވަހު  އެ ކުލަބުން އާ ސީޒަން ހުޅުވުމަށް ކުޅޭ މެޗްގައެވެ.

ބެކަމްވަނީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް އެލްއޭ ގެލެކްސީއަށް ކުޅެފައެވެ.

ބެކަމްއަކީ މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު މޭޖަރ ލީގު ސޮކައަށް ބަދަލުވި ޔޫރަޕްގެ ފުރަތަމަ ތަރިއެވެ. އެމެރިކާއަށް ބަދަލުވުމުގެ ސަބަބުން އޭނާގެ މަޝްހޫރުކަން އިތުރުވެ އޭނާގެ އަގުވަނީ އެތައް ގުނައެއް ބޮޑު ވެފައެވެ. ބެކަމްއަކީ ފެޝަންގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ފަންނާނެކެވެ.

 ބެކަމްގެ އިތުރުން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ  ޒޭލަޓަން، އިބްރަހިމޮވިޗް، ރައުލް ،ތިއަރީ ހެންރީ އަދި ވޭންރޫނީ ފަދަ ކުޅުންތެރިން ވަނީ އެމީހުންގެ ކެރިއާގެ ފަހުކޮޅު އެމެރިކާއަށް ބަދަލުވެފައެވެ.

އުމުރުން 43 އަހަރުގެ ބެކަމް ވަނީ ޖެހިޖެހިގެން 2 ފަހަރު އެލްއެސްއެލް ގެ ޗެންޕިއަން ކަން ހޯދާފައެވެ. މޭޖަރލީގު ސޮކައިން ބެކަމްއަށް އެތައް ފައިދާތަކެއް ލިބެމުންދާއިރު އަމިއްލަ ކުލަބެއް އުފައްދާ މިއަހަރު އެކުލަބު ލީގުގައި ކުޅޭނެ އެވެ.

ބެކަމް އަކީ 4 ގައުމެއްގައި ކުޅެ ލީގު ޗެމްޕިއަންކަން ހޯދީ ހަމައެކަނި އިނގިރޭސި ކުޅުންތެރިޔާ އެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް