21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އެމެރިކާގެ ރިޔާސީ އިންތިހާބު

އެލިޒަބަތު ވޮރެން 2020 ގައި އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާކަން އިއުލާނު ކުރައްވައިފި

  • ޑެމޮކްރޭޓުންގެ ތެރެއިން މިހާތަނަށް އިއުލާނުކުރައްވާފައި ވަނީ ދެ ބޭފުޅުން
އަބުދުﷲ މުހައްމަދު | 8Abbo

| 10 ފެބުރުވަރީ 2019 | އާދީއްތަ 08:25 | |

ސެނޭޓަށް ވަޑައިގެންނެވުމުގެ ކުރިން އެލިޒަބަތު ވޮރެންއަކީ ހަވާޑް ލޯ ސްކޫލްގެ ޕްރޮފެސަރެއް -- ރޮއިޓަރސް

ސެނެޓުގެ މައިނޯރިޓީ ލީޑަރު އެލިޒަބަތް ވޮރެން އެމެރިކާގައި 2020 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ޑެމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވައިފިއެވެ.

މަސަޗުސެޓްސްގެ މެމްބަރު އަދި ޕްރޮގްރެސިވް ގޮފީގެ ލީޑަރު މިކަން އިއުލާނުކުރައްވާފައި ވަނީ ރޭވިގެން ހިންގޭ މަސައްކަތެރިންގެ ހަރަކާތް ފެށުނު، ބޮސްޓަންގެ އުތުރުގެ ތާރީޚީ ސަރައްހައްދު ކަމަށްވާ ލޯރެންސްގައި ހޮނިހިރު ދުވަހުއެވެ.

ހަވާޑް ލޯ ސްކޫލްގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ފަހު ޤާނޫނުހަދާ މަޖިލީހަށް ވެދެވަޑައިގެންނެވި ވޮރެންއަކީ 2020ގެ ރިޔާސީ ރޭހަށް ވެދެވަޑައިގަންނަވާނެ ކަމަށް މިހާތަނަށް އިއުލާނުކުރައްވާފައިވާ އެންމެ ގިނަ ބަޔަކު ދަންނަ ފަރާތެވެ.

ސެނޭޓަށް 2012 ވަނަ އަހަރު ހޮވިވަޑައިގަތީއްސުރެ، އެކަމަނާ ވަކާލާތުކުރައްވަމުން ގެންދަވާ، މުއްސަނދިންގެ އަތުން ނަގާ ޓެކްސް އިތުރުކުމުގެ މައްސަލައި ޑެމޮކްރޭޓުންނަށް ވަނީ ކުރިއެރުންތަކެއް ހޯދިފައެވެ.

ސެނެޓަރު ކަމާލާ ހެރިސް ވެސް މީގެ ކުރިން ވަނީ 2020 ވަނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގެ ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް