21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ފަތިސް 04:44
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:20
މަޣްރިބް 18:13
ޢިޝާ 19:27

ކޮސްޓަރިކާ

ކޮސްޓަރިކާގެ ކުރީގެ ރައީސްގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަކެއް!

  • މީގެ ކުރިންވެސް އެމަނިކުފާނުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައި
  • ތުހުމަތުތައް ކޮށްފައިވަނީ ކޮސްޓަރިކާގެ ކުރީގެ ރީތީގެ ރާނީއެއް
އަލީ ސަމާޚް | AliSamah8

| 9 ފެބުރުވަރީ 2019 | ހޮނިހިރު 23:23 | |

ކޮސްޓަރިކާގެ ކުރިގެ ރައީސް އޮސްކާ އާރިޔަސްކޮ -- ގޫގުލް

ކޮސްޓަރިކާގެ ކުރީގެ ރައީސް އޮސްކާ އާރިޔަސްގެ މައްޗަށް އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.  

ކޮސްޓަރިކާގެ ކުރީގެ ރީތީގެ ރާނީ ޔަޒްމިން މޮރަލެސް ހުކުރު ދުވަހު ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުނީ، 2015 ވަނަ އަހަރު ސެން ހޯޒޭގައި ހުންނަ އޭނާގެ ގޭގައި ހުއްޓަ އެރިޔަސް ގަދަކަމުން އޭނާއާ ޖިންސީ ގުޅުން ހިންގަން އުޅުނު ކަމަށެވެ.

ކޮސްޓަރިކާގެ ޕޮރްކިސިއުޓާއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، ކުރީގެ ރައީސްގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ލިބި އެމައްސަލަ ބަލަމުންދާ ކަމަށެވެ.

އުމުރުން 78 އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު އަރުވާފައިވާ އެރިސްގެ މައްޗަށް، އަންހެނުންތަކެއް ވަނީ މީގެ ކުރިންވެސް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފައެވެ. އެ ފަހަރު ފަސް އަންހެނަކު ވަނީ އެމީހުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތައް ކޮށްފައެވެ.  

އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ އެންޓި ނިއުކްލިއާ އެކްޓިވިސްޓެއް ކަމަށްވާ އެލެކްސެންޑްރާ އާރްސްއެވެ. އެލެކްސެންޑާ ތުހުމަތު ކުރަނީ 2014 ވަނަ އޭނާޔާއެކު ގަދަކަމުން ބަދުއަޙްލާގީ ގުޅުން ހިންގުމުގެ ތުހުމަތެވެ. މި ތުހުމަތުތަކަށް އެރިޔަސްގެ ލޯޔަރު މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.  

ޖިންސީ ފުރުއްސާރަ ކުރުމާއި ދެކޮޅަށް ހުކުރު ދުވަހު ކޮސްޓަރިކާގެ މަގުތަކަށް ނިކުމެ އަންހެނުންތަކެއް ވަނީ އެރިއަސްއާ ދެކޮޅަށް އަޑު އުފުލާފައެވެ. އެ މީހުން ބުނަނީ މި އަކީ ސީރިއަސް މައްސަލައެއް ކަމަށާއި، މި ފަދަ ކަންތައްތަކާއި ކޮންމެ ދުވަހަކު އެމީހުން ކުރިމަތިލާން ޖެހޭ ކަމަށެވެ.  

ކޮސްޓަރިކާގެ ރައީސް ކަން ދެފަހަރުގެ މަތިން ކޮށްފައިވާ އެރިއަސް އަށް 1987 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ދީފައިވަނީ މެދުތެރޭ އެމެރިކާގެ ދާހިލީ ހަނގުރާމަ ހުއްޓުވުމަކަށް ކުރި މަސައްކަތަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް