21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބޮލީވުޑް

ބޮލީވުޑް ފިލްމްތަކުގައި ނެގެޓިވް ރޯލްތައް ކުޅެފައިވާ މަހޭޝް އާނަންދް މަރުވެއްޖެ

  • މަހޭޝް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ރިލީޒްކުރި  ގޯވިންދާގެ ރަންގީލާ ރާޖާ އިން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 ފެބުރުވަރީ 2019 | ހޮނިހިރު 22:48 | |

މަހޭޝް އާނަންދު އާއި އަމީތާބް ބަޗަން -- ހިންދުސްތާނީ ޓައިމްސް

1980 އާއި 1990 ގެ އަހަރުތަކުގައި, ފިލްމްތަކުގައި ނެގެޓިވް ރޯލްތައް ކުޅެފައިވާ މެހޭޝް އާނަންދް މަރުވެއްޖެ އެވެ.

"ޓައިމްސް ނައު"ގައި ރިޕޯޓްކޮށްފައިވާގޮތުން އުމުރުން 57 ގެ އެކްޓަރުގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ކޫޕަރ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ރިޕޯޓްތައް ބުނާގޮތުން އޭނާ ދިރިއުޅެމުންދަނީ މުމްބާއީގެ ވާސޯވާގައި އެކަނިއެވެ. "ޕީޕިން މޫން.ކޮމް" އިން މަހޭޝްގެ ކުރީގެ އަންހެނުންނަށް ގުޅުމުން ބުނެފައިވަނީ އޭނާގެ ކުރީގެ ފިރިމީހާގެ މަރުވިކަން އެނގިފައިނުވާ ކަމަށާއި 2002 ވަނަ އަހަރުން ފެށިގެން އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

މަހޭޝް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ރިލީޒްކުރި ގޯވިންދާގެ، ރަންގީލާ ރާޖާ އިންނެވެ.

މަހޭޝް އާނަންދު ކުޅެފައިވާ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި "ޝަހެންޝާހް" (1988)، "މަޖުބޫރު" (1989)، "ސްވާގް" (1990)، "ތަނޭދާރް" (1990)، "ވިޝްވާތްމާ (1992)، "ގުމްރާހް" (1993)، "ހުއްދަރު" (1994)، "ބޭތާޖް ބާދްޝާހް" (1994)، "ވިޖޭތާ" (1996) އަދި ކުރުކްޝެތްރާ (2000) ހިމެނެއެވެ.

"ރަންގީލާ ރާޖާ" ވެގެން ގޮސްފައިވަނީ 18 އަހަރުގެ މެދުކެނޑުމަކަށްފަހު މަހޭޝް ފެނިގެންދިޔަ ފިލްމެވެ. މެހޭޝްގެ ފޭސްބުކްގައި އޭނާ ލިޔެފައިވަނީ އެ ފިލްމްގައި އެނާ ފެނިގެންދާނީ ހަ މިނެޓް ކަމަށާއި ނަމަވެސް އެނބުރި މަސައްކަތަށް ނުކުމެވުމުން ވަރަށް އެކްސައިޓްވެފައި ހުރި ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް