16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފިލިޕޭ ކުޓީނިއޯ

ޔުނައިޓެޑުން ވެސް ކުޓީނިއޯއަށް ފާރަލަނީ

  • ކުޓީނިއޯގެ އެއްބަސްވުން ހަމަވާނީ 2022 ގައި
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2019 | ހޮނިހިރު 20:04 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  4. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  5. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  6. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ރައީސްގެ ނިންމެވުމަށް ތައުރީފު


ފިލިޕޭ ކުޓީނިއޯ -- ގެޓީ އިމޭޖާސް

މެންޗެސްޓާ ޔުނައިޓެޑުން ބާސެލޯނާއަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ އަށް ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާއިން ބުނީ، ޗެލްސީން ވެސް ފާރަލަމުން އަންނަ ކުޓީނިއޯ ހޯދުމަށް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށާއި، އެކަމަށް އެ ކްލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުޓީނިއޯ ހޯދުމަށް ކްލަބްތަކުން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށް ބާސާ އިން ވަނީ ނިންމާފައެވެ. އެގޮތުން ޔުނައިޓެޑް އަދި ޗެލްސީން ވަރަށް އަވަހަށް ކުޓީނިއޯ އަށް ބިޑުކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކުޓީނިއޯ ހޯދުމަށް ޗެލްސީ އާއި ޔުނައިޓެޑްގެ އިތުރުން ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕީއެސްޖީ އާއި ރެއާލް މެޑްރިޑްވެސް ހިމެނެއެވެ.

ކުޓީނިއޯއާއެކު ބާސާއިން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ބާސާއިން ކަނޑައަޅާފައި ވަނީ 400 މިލިއަން ޔޫރޯއެވެ.

ލިވަޕޫލް އިން ވިދާލި ކުޓީނިއޯ ވަނީ އެ ކްލަބަށް ކުޅުނު 201 މެޗުގައި 54 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ކްލަބާއެކު ފުޓްބޯލް ލީގް ކަޕް އަދި ޔޫރޮޕާ ލީގުގެ ދެވަނަ ހޯދާފައެވެ. އަދި ބާސާ އަށް މިހާތަނަށް ކުޅުނު ދެ ސީޒަނުގައި 50 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްފައިވާ ކުޓީނިއޯ ވަނީ އެ ކްލަބާއެކު ލަލީގާ އަދި ކޮޕާޑެލްރޭ ވެސް ކާމިޔާބު ކޮށްފައެވެ.

ބްރެޒިލް ގައުމީ ޓީމަށް ކުޅުނު 45 މެޗުގައި 13 ލަނޑު ކާމިޔާބުކޮށްފައިވާ ކުޓީނިއޯ ވަނީ ބްރެޒިލްގެ 17 އަހަރުން ދަށުގެ ޓީމާއެކު ސައުތް އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް އަދި 20 އަހަރުން ދަށުގެ ޓީމާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް