26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕް: އޭދަފުށިން މާޒިޔާ ބަލިކުރުމުން ގްރޫޕްގެ ފޯރިގަދަވެއްޖެ

  • އޭދަފުށި އަތުން މާޒިޔާ ބަލިވީ 0-1 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2019 | ހޮނިހިރު 19:34 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން -- އެފްއޭއެމް

ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރުމުން ގްރޫޕް ބީގެ ފޯރި ގަދަވެއްޖެއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު މާޒިޔާއާ ވާދަކޮށް އޭދަފުށިން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތްއިރު އޭދަފުށި ވަނީ ކުޅުނު ފުރަތަމަ ދެމެޗުންވެސް ބަލިވެފައެވެ. ފުރަތަމަ މެޗުގައި ކްލަބް އީގަލްސް އަތުން 1-3 އިން ބަލިވިއިރު، ދެ ވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ވަނީ 1-4 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މި މެޗު ކާމިޔާބުކޮށްގެން ސެމީގެ ފުރުސަތު ބޮޑު ކުރެވެން މާޒިޔާއަށް އޮތް ނަމަވެސް އެޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެ ވަނަ މެޗުން ބަލިވެފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 35 ވަނަ މިނެޓުގައި އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ އިސްމާއިލް ޝަރީފެވެ. މެޗުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް އޭދަފުށިން ވަނީ މާޒިޔާ ހުއްޓުވުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭދަފުށީގެ އަލީ ނަސީމްއެވެ. އޭނާ ވަނީ މިއަދު މެޗުގައި ޑިފެންސްލައިންގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުން އޭދަފުށި މޮޅުވުމުން މި ގްރޫޕުގެ ކޮންމެ ޓީމަކަށްވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ސެމީ އަށް ދިއުމުގެ ފުރުސަތު ފަސް ޓީމަށްވެސް އޮތްއިރު, ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ގްރީން ސްޓްރީޓްސް އެވެ. ދެވަނައިގައި ކްލަބް އީގަލްސް އޮތްއިރު، ތިން ވަނައިގައި އޮތީ ޔުނައިޓެޑް ވިކްޓްރީއެވެ. އަދި ހަތަރު ވަނައިގައި މާޒިޔާ އޮތްއިރު، ފުލުގައި އޮތީ އޭދަފުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް