21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބޮލީވުޑް

'ގަލީ ބޯއީ' ބަރލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ

  •  މި ފިލްމް ސިނަމާތަކަށް އަންނާނީ މިހިނގާ ފެބްރުއަރީ މަހުގެ 14 ގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 ފެބުރުވަރީ 2019 | ހޮނިހިރު 18:42 | |

'ގަލީ ބޯއީ'ގެ ޓީމް ޖަރުމަނުގައި -- ހިންދުސްތާނީ ޓައިމްސް

ރަންވީރު ސިންގް އަދި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމް "ގަލީ ބޯއީ" ޕްރޮމޯޓް ކުރުމުގެ މަސައްކަތް އެ ދެ ތަރިން ދަނީ ކުރަމުންނެވެ.

މިހާރު ކުރިއަށްދާ ބަރލިން އިންޓަނޭޝަނޭޝަނަލް ފިލްމް ފެސްޓިވަލްގައި މި ފިލްމް ޕްރިމިއަރ ކުރުމަށްޓަކައި އާލިއާ އާއި ރަންވީރާ އެކު ފިލްމްގެ ޑައިރެކްޓަރ ޒޯޔާ އަޚްތަރު އަދި ފިލްމްގެ ޕްރޮޑިއުސަރ ރިތޭޝް ސިދްވާނީ ޖަރުމަނަށް ގޮސްފައެވެ.

 ރަންވީރާއި އާލިއާ ވަނީ ފިލްމްގެ ޓީމުން ޖާމަންގައި ނަގަފައިވާ ފޮޓޯތައް އިންސްޓަރގްރާމްގައި ހިއްސާކޮށްފައެވެ.

"ޓައިމްސް ނައު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ރަންވީރު ބުނެފައި ވަނީ މިއީ އޭނާ ފިލްމް ވެސްޓިލަކަށް ދާ ފުރަތަމަ ފަހަރު ކަމަށެވެ.

"ގަލީ ބޯއީ"ގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ މުމްބާއީ މަގުމަތީގައި މިއުކިޒު ކުޅުމަށް ހަރަކާތްތެރިވާ ސްޓްރީޓް ރެޕާއިންގެ މައްޗަށެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ މިހިނގާ ފެބްރުއަރީ މަހުގެ 14 ގައެވެ.

މި މަހުގެ 7 އިން 17 އަށް ކުރިއަށްދާ ބަރލިން އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި "ގަލީ ބޯއީ" ޕްރްމިއރަ ކުރުމަށް ހަމަޖެހިފައި ވަނީ މިއަދުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް