16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މޯލްޑިވްސް ލިވިންގް އެކްސްޕޯ

މޯލްޑިވްސް ލިވިންގް އެކްސްޕޯ 30 އެގްޒިބިޓަރުންނާއެކު ފަށައިފި

  • މި އެކްސްޕޯ ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް
  • މިއެސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހަޅާފައިވޭ
ސިމާހާ ނަސީމް | sim_kamana

| 9 ފެބުރުވަރީ 2019 | ހޮނިހިރު 18:07 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


މޯލްޑިވްސް ލިވިންގް އެކްސްޕޯ -- ރާއްޖެއެމްވީ

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ 7 ވަނަ އެޑިޝަން ފަށައިފިއެވެ.

މި އެކްސްޕޯ ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރުއެވެ.

މި އެކްސްޕޯ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް، ދަރުބާރުގޭގައި ކުރިއަށްދާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުގެ 30 އެގްޒިބިޓަރުން އެކްސްޕޯގައި ބައިވެރިވެފައިވާ ކަމަށް ހައިރައިޒުން ބުނެއެވެ.

އެކްސްޕޯ ކުރިއަށްދާނީ މި ތިން ދުވަހުވެސް މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަކަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ، އެކްސްޕޯ ކުރިއަށްދާނީ ދަރުބާރުގޭގެ ދެ މާލަމެއްގައި ކަމަށެވެ. އެގޮތުން ރަންނަބަނޑޭރި މާލަމުން ރިއަލްއެސްޓޭޓް ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ފަރުނީޗަރު ވިއްކާ ކުންފުނިތައް ފެނިގެންދާއިރު ފާށަނާ މާލަމުން ފެނިގެންދާނީ ގެދޮރަށް ބޭނުންވާ އެހެނިހެން އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކެވެ.   

ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ މި ދާއިރާގެ އެންމެ ބޮޑު އެކްސްޕޯއެވެ.

ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާ މިއެކްސްޕޯގައި މިފަހަރުވެސް ގެދޮރުގެ ވިޔަފާރި ކުރާ ފަރާތްތަކާ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި ގެދޮރަށް ބޭނުންވާ ސާމާނު ލިބެން ހުންނާނެ ތަންތަނާ، ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތާ ގެއެއް ފުރިހަމަވާނެ ހުރިހާ ގޮތެއް އެކްސްޕޯއިން ފަހިވެގެންދާނެ ހައިރައިޒުން ބުންޏެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އެކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.

އެލައިޑްގެ ފަރާތުން ބުނީ އެލައިޑްގެ ސްޓޯލް މެދުވެރިކޮށް އެ ކުންފުނީގެ މޮބައިލް އެޕްގެ މައުލޫމާތާއި އެ ކުންފުނިން ފޯރުކޮށްދޭ އިންޝުއަރެންސް ޕޮލިސީގެ ތަފްސީލީ މައުލޫމާތެއް ލިބިގެންދާނެ ކަމަށެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހެޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިއެކްސްޕޯގައި މި އަހަރުގެ ވަރަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައިވާކަމަށް ހައިރައިޒުން ވަނީ ބުނެފައެވެ.

މި ފަހަރުގެ އެކްސްޕޯގައި ރާއްޖޭގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ މުނި، ރެއިންބޯ އަދި ޖާހް އިންވެސްޓްމަންޓުން ވަނީ ބައިވެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް