21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

މީސްލްސް

ޔޫރަޕްގައި ރެކޯޑް އަދަދަކަށް މީސްލްސް ބަލީގެ ކޭސްތަށް ރިޕޯޓް ކުރެވިފައި: ޑަބްލިއު އެޗްއޯ

  •  2017 އިން 2018 އަށް މީސަލްސްގެ 82596 ކޭސް ރިޕޯޓް ކުރެވިފައިވޭ
  • މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި، ރޯގާ ޖެހުމާއި ކަރުގައި ރިއްސުން ހިމެނޭ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 9 ފެބުރުވަރީ 2019 | ހޮނިހިރު 13:02 | |

މީސްލްސް ބަލި ޖެހިފައިވާ ތުއްތު ކުއްޖެއް -- ބީބީސީ

ޔޫރަޕްގެ ގައުމުތަކުގައި ރިކޯޑް އަދަދަކަށް މީސްލްސް ބަލި ރިޕޯޓް ކުރެވިފައިވާ ކަމަށް ޑަބްލިއު އެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2017 އިން 2018 އަށް މީސަލްސްގެ 82596 ކޭސް ރިޕޯޓް ކުރެވިފައިވެއެވެ. މި ބައްޔަށް ވެކްސިން ދޭ ވަރު އިތުރު ވެފައިވީ ނަމަވެސް ގިނަ ގައުމުތަކުގައި މި ބަލި ކޮންޓްރޯލް ކުރެވޭ ވަރަށް ވެކްސިން ނުދެވޭކަން ޑަބްލިއު އެޗްއޯއިން ވަނީ ފާހަގަ ކޮށްފައެވެ.

ހުސްވި އަހަރު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ގިނައިން  ރިޕޯޓް ކޮށްފައި ވަނީ ޔޫކުރެއިން އިންނެވެ. އެއީ މީސްލްސް ބަލި ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރެވިފައިވާ ސާބިޔާ އަށް ވުރެން 10 ގުނަ އިތުރު އަދަދެކެވެ.

މީސްލްސް ބަލީގެ 90 އިންސައްތަ ކޭސް އައިސްފައިވަނީ އިޓަލީ ވިލާތުންނާއި ފްރާންސް އަދި ގްރީސް އިންނެވެ.

މި ބަލީގެ އިންފެކްޝަންގެ ސަބަބުން މީހާގެ ފުރާނައަށް ނުރައްކާ ކުރުވައެވެ. އަދި ސިކުނޑި އާއި ފުއްޕާމޭގައި އިންފެކްޝަން އުފެދިއްޖެ ނަމަ ފުރާނައަށް ވާ ނުރައްކާ އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ. މި ބަލީގައި 2017 ވަނަ އަހަރު ޔޫރަޕްގެ ގައުމުތަކުން 42 މީހުން މަރުވަފައިވާއިރު 2018 ވަނަ އަހަރު 72 މީހުން މަރުވެފައި ވެއެވެ. އަދި ޖެނުއަރީ 2018 އިން ފެށިގެން ޑިސެމްބަރު 2018 އަށް މިބަލީގައި ޔޫކުރެއިން އިން 53218 މީހުން މަރުވެފައިވާ އިރު ސާބިއާ އިން 5076 މީހުން އަދި އިސްރާއީލުން 2919 މީހުން ދުނިޔެ ދޫކޮށްފައި ވެއެވެ.

މީގެ އިތުރުން ފުރާންސް އިން 2913 މީހުން، ރަޝިޔާއިން 2256 މީހުން މި ބަލީގައި މަރުވެފައި ވާއިރު ޖޯޖިޔާ އިން 2203 މީހުން ގްރީސް އިން 2193 މީހުން މަރުވެފައި ވެއެވެ. އަދި އަލްބޭނިޔާ އިން 1466 މީހުން، ރޯމޭނީޔާ އިން 1087 މީހުން، އަދި އިނގިރޭސި ވިލާތުން 953 މީހުން މަރުވެފައި ވެއެވެ.

ޑަބްލިއުއެޗްއޯއިން ޔޫރަޕަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ޑރ. ސުޒާނާ ޖަކަބު ވިދާޅުވީ 2018 ވަނަ އަހަރު މިބައްޔަށް ދެވުނު ވެކްސިނުން މި ބަލި ރަނގަޅު ނުކުރެވޭނެ ކަމަށާއި ސަރަހައްދީ ފެންވަރުގައި މިބައްޔަށް ވެކްސިން ދިނުން އިތުރު ކުރަންޖެހިފައިވާ ކަމަށެވެ.

މީސްލްސް ބަލި އާންމު ގޮތެއްގައި ކުޑަ ކުދިންނަށް ޖެހޭ އިރު ގިނައިން ޖެހެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށެވެ. މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހިކި ކެއްސުން ކެއްސުމާއި، ރޯގާ ޖެހުމުގެ އިތުރުން ކަރުގައި ރިއްސުން ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް