
| 9 ފެބުރުވަރީ 2019 | ހޮނިހިރު 04:16 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އިންޑިއާގެ މުމްބާއީގައި ފަސް އަހަރުގެ ކުޑަ އަންހެންކުއްޖަކު ވަގަށް ނެގުމަށް ފަހު، އެ ކުއްޖާ ރޭޕްކޮށް މަރާލައިފިއެވެ.
މުމްބާއީގެ މާހިމް ނެއިބަރހުޑުން އެ އަންހެން ކުއްޖާ ވަގަށް ނެގީ، މަގުމަތީގައި ހަދާފައި ހުރި ކުޑަ ޖިފުޓި ގަނޑެއްގައި އެ ކުއްޖާގެ މައިންބަފައިންނާއި އާއިލާގެ ތިން ބެއިންނާއި އެކު ނިދާފައި އޮއްވައެވެ.
ސީއެންއެންއަށް މައުލޫމާތު ދެމުން މުމްބާއީގެ ޑެޕިއުޓީ ކޮމިޝަނަރ ވިކްރަމް ދެޝްމާނޭ ވިދާޅުވީ އެ ކުއްޖާ ގެއްލިގެން ރިޕޯޓު ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އެ ކުއްޖާގެ ހަށިގަނޑު ފެނިއްޖެ ކަމަށެވެ. އެ ކުއްޖާ މަރާލާފައި އެއްލާލާފައި އޮތީ ވަގަށް ނެގި ހިސާބު ކައިރީގައި ހުރި މަގެއްގެ މައްޗަށެވެ. އޮޓޮޕްސީއަކުން ވަނީ އެ ކުއްޖާ ރޭޕްކޮށްފައިވާ ކަން ކަށަވަރުވެފައެވެ.
މީގެ އިތުރުން ދޭޝްމާނޭ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މި ކަމުގައި ބައިވެރިވީ އެންމެ މީހަކު ކަމަށް ލަފާކުރެވޭ ކަމަށެވެ. އިތުރު މައުލޫމާތު ހޯދުމުގެ ގޮތުން މި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލަމުންދާ މުމްބާއީގެ ފުލުހުން ވަނީ ބުނެފައެވެ.
އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯއިން 2016 ވަނަ އަހަރު އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަހަރުގެ ތެރޭގައި 39000 ރޭޕްގެ މައްސަލަ ރިޕޯޓްކޮށްފައި ވެއެވެ. އިންޑިއާގައި ކޮންމެ 13.5 މިނިޓެއްގެ ތެރޭގައި މީހަކު ރޭޕްގެ މައްސަލައެއް ރިޕޯޓު ކުރާ ކަމަށް ވެސް އެ ބިއުރޯއިން ވަނީ ބުނެފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް