21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޖެފް ބޭޒޮސް

އެމެރިކާގެ ނޫސް މަޖައްލާއަކުން ބްލެކްމެއިލް ކުރިކަމަށް އެމޭޒަންގެ ޖެފް ބޭޒޮސް ކުރިތުހުމަތުކުރައްވައިފި

  • ބްލެކްމެއިލް ކުރީ އޭނާގެ ލޯބިވެރިޔާ ލޯރެން ސަންޗޭޒްއާއި އެކު ހުރި ގައިގޯޅި ފޮޓޯތަކެއް ޝާއިއުކުރާނެ ކަމަށް ބުނެ
  • ބަދަލެއްގެ ގޮތުގައި ނެޝަނަލް އެންކުއަރަރއިން ޝަރުތުކުރީ އޭނާއާއި ސަންޗޭޒް ކައިވެނިން ބޭރުން ހިންގި ގުޅުންތަކުގެ ފޮޓޯތައް ހޯދިގޮތް ދެނެގަންނަން ބޭޒޮސް ކުރާ ތަހުގީގު ހުއްޓާލުމަށް
އަމަން ހަލީމް | soupized

| 9 ފެބުރުވަރީ 2019 | ހޮނިހިރު 03:37 | |

އެމޭޒަންގެ ސީއީއޯ ޖެފް ބޭޒޮސް -- ރޮއިޓަރސް

އެމެރިކާގެ ޓެބްލޮއިޑް ނޫސް މަޖައްލާއެއް ކަމުގައިވާ، ނެޝަނަލް އެންކުއަރަރއިން އެމޭޒަންގެ ސީއީއޯ ޖެގް ބޭޒޮސް ބްލެކްމެއިލް ކުރިކަމަށް އޭނާ ތުހުމަތުކުރައްވައިފިއެވެ.

އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ މީޑިއަމްގައި ކުރެއްވި ޕޯސްޓެއްގައި ބޭޒޮސް ވިދާޅުވީ އެންކުއަރަރގެ މިލްކުވެރިކަން އޮންނަ އެމެރިކަން މީޑިއާ ކޮމްޕެނީއިން ވަނީ ބޭޒޮސް އާއި އޭނާ މިހާރު ހިތާވެގެން އުޅޭ ލޯރެން ސަންޗޭޒްގެ ގައިގޯޅި ފޮޓޯތަކެއް ޝާއިއު ކުރާނެކަމުގެ އިންޒާރުދީފައި ކަމަށެވެ. ބޭޒޮސް ބުނި ގޮތުގައި ފޮޓޯތައް ޝާއިއު ނުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ކުންފުނިން ޝަރުތުކުރީ އޭނާއާއި ސަންޗޭޒް ކައިވެނިން ބޭރުން ހިންގި ގުޅުންތަކުގެ ފޮޓޯތައް ހޯދިގޮތް ދެނެގަންނަން އޭނާ ކުރާ ތަހުގީގު ހުއްޓާލުމަށް ކަމަށެވެ.

ބޭޒޮސް އެ މައްސަލަ ތަހުގީގުކުރަން އިހްތިޔާރުކުރި ގެވިން ޑި ބެކަރއާއި ބޭޒޮސްއާއި ދެމީހުން ދޮގު ބަޔާނެއް ދިނުމަށް އެމެރިކަން މީޑިއާ ކޮމްޕެނީއިން ޑިމާންޑު ކުރި ކަމަށް ވެސް ބޭޒޮސް ވިދާޅުވިއެވެ. އެ ކުންފުނިން އެދުނީ ބޭޒޮސްގެ މައްސަލަ ތަހުގީގު ކުރަނީ ސިޔާސީ މަގުސަދެއްގައި ނޫންކަމަށް ބުނެ ބަޔާން ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭޒޮސްގެ ތުހުމަތުތަކަށް ރައްދު ދެމުން އެމެރިކަން މީޑިއާ ކޮމްޕެނީއިން ބުނީ ގާނޫނާ ގަވައިދާ ޙިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމަށެވެ. އަދި ބޭޒޮސް މި ތުހުމަތު ކުރެއްވި އިރު، އެ ކުންފުނިން ދިޔައީ އޭނާއާއި އެކު މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. ކުންފުނީގެ ބޯޑުން މައްސަލަ ބެލުމަށް ފަހު، މި ތުހުމަތުތަކާއި ގުޅޭގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައިއެވެ.

ދުނިޔޭގެ އެއްމެ މުއްސަންދި މީހާ ކަމުގައިވާ ޖެފް ބޭޒޮސް މިދިޔަ މަހު އޭނާގެ ދުވަސްވީ ބައިވެރިޔާއާއި ވަރިވާން އުޅޭ ކަމަށް އިއުލާން ކުރުމާއި އެކު، ނެޝަނަލް އެންކުއަރަރއިން ވަނީ ކައިވެނި ރޫޅުނު އަސްލު ސަބަބުގެ ގޮތުގައި ކަމަށް ބުނެ ބޭޒޮސްއާއި ސަންޗޭޒްގެ ގިނަ އަދަދެއްގެ ފޮޓޯ ޝާއިއުކޮށްފައެވެ. ބޭޒޮސްއަކީ އެމެރިކާގެ މަޝްހޫރު ނޫސް، ވޯޝިންގޓަން ޕޯސްޓުގެ ވެސް މިލްކުވެރި ފަރާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް