16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މޯލްޑިވްސް ލިވިންގް އެކްސްޕޯ

މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 މާދަމާ ފަށާނެ!

  • އެކްސްޕޯ އޮންނާނީ ފެބްރުއަރީ މަހުގެ 9 އިން 11 ވަނަ ދުވަހަށް
  • މިއެސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހަޅާފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 8 ފެބުރުވަރީ 2019 | ހުކުރު 21:57 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


މިދިޔަ އަހަރު ބޭއްވި ލިވިންގް އެކްސްޕޯގެ ތެރެއިން -- ގޫގުލް

ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ލިވިންގް އެކްސްޕޯ 2019 މާދަމާ ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ. 

ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން 11 ވަނަ ދުވަހަށް، ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ މި އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިން ބޭރުން 22 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ. 

ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އެންމެ ބޮޑު އެކްސްޕޯއެކެވެ.

ގޯތިގެދޮރުގެ ވިޔަފާރި ކުރާ ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު އެއް އެކްސްޕޯއެވެ. 

ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދާ މިއެކްސްޕޯގައި މިފަހަރުވެސް ގެދޮރުގެ ވިޔަފާރި ކުރާ ފަރާތްތަކާ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް ވަރަށް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި ގެދޮރަށް ބޭނުންވާ ސާމާނުތައް ލިބެން ހުންނާނެ ތަންތަނާ، ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތާ ގެއެއް ފުރިހަމަވާނެ ހުރިހާ ގޮތެއް އެކްސްޕޯއިން ފަހިވެގެންދާނެ ހައިރައިޒުން ބުންޏެވެ. 

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އަކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.

މިދިޔަ އަހަރު މޯލްޑިވްސް ލިވިންގް އެކްސްޕޯ އާޓް ގެލަރީގައި ބާއްވާފައިވާއިރު އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭ އިން ބޭރުގެ 20 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބިޑެތި އިނާމްތަކެއް ހުށަހެޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިއެކްސްޕޯގައި މި އަހަރުގެ  ވަރަށް ހާއްސަ އިނާމުތަކެއް ހުށަހަޅާފައިވާ ކަމަށް ހައިރައިޒުން ވަނީ ބުނަފެވެ. 

އެކްސްޕޯ ކުރިއަށްދާ ތިން ދުވަހުވެސް މެންދުރުފަހު 14:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00އަށް އާންމުންނަށް ޒިޔާރަތްކުރެވޭނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް