26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އަލިފާނުގެ ހާދިސާ

ފްލެމެންގޯގެ ޓްރެއިނިން ސެންޓަރުގައި އަލިފަން ރޯވެ 10 މަރު

  • ހާދިސާގައި މަރުވެފައި ވަނީ ޔޫތް ޓީމްގެ ކުޅުންތެރިން
އަލީ ސަމާޚް | AliSamah8

| 8 ފެބުރުވަރީ 2019 | ހުކުރު 19:38 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ފްލެމެންގޯގެ ކުޅުންތެރިންތަކެއް ހިތާމަފާޅުކުރަނީ -- ރޮއިޓަރސް

ބްރެޒިލްގެ ވެރިރަށް ރިއޯ ޑި ޖެނީރޯގައި ހުންނަ ފްލެމެންގޯ ފުޓްބޯޅަ ކްލަބުގެ ޓްރެއިނިން ސެންޓަރުގައި އަލިފާން ރޯވެ ދިހަ މީހަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނީނޯ ޑި އުރުބޫ ކިޔާ މި ސެންޓަރުގައި އަލިފާން ރޯވެފައިވަނީ އެ ކްލަބުގެ ޔޫތު ޓީމް ނިދަން ތިބި ބްލޮކްގައެވެ. އަދި މި ހާދިސާގައި 10 ކުދިން މަރުވެ ތިން ކުއްޖަކު ވަނީ ޒަޚަމްވެފައެވެ. މަރުވި ކުދިން މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، އެ ބޮލްކް ހާއްސަ ކޮށްފައި ވަނީ އެ ޓީމްގެ އުމުރުން 14 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
 

 

މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި ހޯދިފައި ނުވާއިރު ކަމާއިބެހޭ ފަރާތްތައް ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.

ހުކުރު ދުވަހު މި ހާދިސާ ހިނގިއިރު، ޓްރެއިނިންގ ސެންޓަރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް 6.2 މިލިއަން ޑޮލަރު ހޭދަކޮށްގެން ކުރިއަށްގެންދިޔަ މަރާމަތަށް ފަހު އެ ޓްރެއިނިން ސެންޓަރު ހުޅުވާފައި ވަނީ މީގެ ދެމަސް ކުރިންނެވެ.

ޔޫތު ޓީމްގެ އެކޮމޮޑޭޝަންގެ އިތުރުން އެ އިމާރާތުގައި ޕާކަކާއި، ޖިމަކާއި، މެޑިކަލް ސެންޓަރެއްގެ އިތުރުން ކުޑަ ސްޓޭޑިއެމެއްވެސް ވަނީ ހަދާފައެވެ.  

މި ހާދިސާގެ ހަބަރު ލިބުމާއި އެކު އެ ޓީމަށް ކުރިން ކުޅުން އަދި ރިއާލް މެޑްރިޑަށް މިހާރު ކުޅެމުން އަންނަ ވިނިޝަސް ޖޫނިއާ ވަނީ ހިތާމަފާޅުކޮށް، ހާދިސާގައި ގެއްލުންވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ.

 

އަދި މީގެ އިތުރުން ދުނިޔޭގެ ގިނަ ފުޓްބޯޅަ ކްލަބްތަކަކުން ވަނީ ހިތާމައިގައި ބައިވެރިވެފައެވެ.  

 

 

 

ފްލެމިންގޯ ކްލަބަކީ ބްރެޒިލް އިތުރުން ދުނިޔޭގައިވެސް އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ ބްރެޒިލްއަށް ނިސްބަތްވާ ކްލަބެވެ. އެ ކްލަބް ވަނީ ކޮޕަ ލިބެރްޓަޑޯރެސްގެ އިތުރުން އިންޓަނޭޝަނަލް ކަޕްވެސް ކާމިޔާބުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް