21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ސޮލެރަލް އިންޝުއަރެންސްގެ

ސޮލެރަލް އިންޝުއަރެންސްގެ ފަރާތުން މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ހިންގައިފި

  • މާދަމާ ވެސް މި ހަރަކާތް ކުރިއަށްދާނެ
  • މި ހަރަކާތުގެ ތެރެއިން އިންޝުއަރެންސް ޕޮލިސީ ޑިސްކައުންޓްއަކާއެކު ލިބިގެންދާނެ
ސިމާހާ ނަސީމް | sim_kamana

| 8 ފެބުރުވަރީ 2019 | ހުކުރު 18:39 | |

ފުލުހުންނަށް ހެލްމެޓް ހަދިޔާކުރަނީ -- ފޮޓޯ: ސިމާހާ ނަސީމް

ސޮލެރަލް އިންޝުއަރެންސްގެ ފަރާތުން މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް ހުޅުމާލޭގައި ހުކުރު ދުވަހު ހިންގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން އެ ކުންފުނީގެ ފަރާތުން ބޭއްވި މި ހަރަކާތުގެ ތެރެއިން ދިރާގު ޕޭ މެދުވެރިކޮށް ސޮލެރަލް އިންޝުއަރެންސް ޕޮލިސީ ގަތުމުން ހެލްމެޓް ހިލޭ ލިބިގެންދާނެއެވެ. މި ހަރަކާތް ހުކުރު ދުވަހުގެ އިތުރުން ހޮނިހިރު ދުވަހުގެ ހަވީރު 04:00 އަކުން 06:00 އަކަށް ހުޅުމާލޭގެ ކޮމޯޝަލް ބްލޮކް A ގައި ކުރިއަށްދާނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސޮލެރަލް އިންޝުއަރެންސް ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ޒަކީ ވިދާޅުވީ އިންޝުއަރެންސްގައި އަބަދުވެސް ޔަޤީންކަން ފޯރުކޮށްދޭން ބޭނުންވަނީ ރައްކާތެރިކަން ކަމަށާއި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

މި ހަރަކާތުގެ ތެރެއިން އިންޝުއަރެންސް ޕޮލިސީ ޑިސްކައުންޓްއަކާއެކު ލިބިގެންދާނެއެވެ. ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގައި ވެސް މި ހަރަކާތް ކުރިއަށްދާނެއެވެ.

މި ހަރަކާތުގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ހެލްމެޓް ހިލޭ ލިބުމުން ނިންމާލައިގެން ނުވާނެ ކަމަށާއި ހެލްމެޓް އަޅައިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދުއްވުމަށް އެދޭ ކަމަށެވެ.

ސޮލެރަލް އިންޝުއަރެންސްގެ އެޕް މި ހަރަކާތުގެ ތެރެއިން ލޯންޗުކޮށްފައިވާއިރު މި އެޕް ލޯންޗުކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ނަވީންއެވެ. މީގެ އިތުރުން އިންޝުއަރެންސް ޕޮލިސީ ގަތް ފުރަތަމަ 5 ކަސްޓަމަރުންނަށް ހެލްމެޓްތައް ވަނީ ހަވާލުކޮށްފައެވެ. އަދި ފުލުހުންނަށް 30 ހެލްމެޓް ސޮލެރަލްގެ ފަރާތުން ވަނީ ހަވާލުކޮށްފައެވެ.

މި ހަރަކާތުގައި ސޮލަރަލްގެ މުވައްޒަފުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ދިރާގުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް