
| 8 ފެބުރުވަރީ 2019 | ހުކުރު 09:29 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އެންބީއޭގެ ކްލަބް ޕެލިކަންސްގެ ކުޅުންތެރިޔާ އެންތޮނީ ޑޭވިސް ސީޒަން ނިމެންދެން އެ ކްލަބުގައި ހުންނާނެކަމަށް އެ ޓީމުގެ ޖެނެރަލް މެނޭޖަރ ޑެލް ޑެމްޕްސް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެންތަނީ ޑޭވިސް ވަނީ ޓީމުގައި ހުންނާނެކަން ކަށަވަރު ކޮށްދީފައެވެ. އަދި ޓީމު މޮޅުކޮށްދިނުމަށް ރަނގަޅަށް ކުޅޭނެކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދީފައެވެ.
ޑޭވިސްގެ ކޮންޓްރެކްޓް ހަމަވާން ކައިރިވެފައިވަނިކޮށް ނިއު އޯލިންސް ޕެލިކަންސްއާ އެކު އިތުރަށް ހުންނަން ބޭނުންނުވާ ކަމަށް ޑޭވިސް މީގެ ކުރިން ވަނީ ބުނެފައެވެ.
ޓްރާންސްފާ މާކެޓްގައި ލޭކާސް، މިލްވޯކީ ބަކްސް އަދި ޓޮރޮންޓޯ ރެޕްޓޯސް ވަނީ ޑޭވިސްއަށް ޝައުގުވެރިވާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް މިއިން އެއްވެސް ޓީމަކާ އެއްކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެއް ނުވެއެވެ.
ޖެނުއަރީ މަހު 28 ވަނަ ދުވަހު ޑޭވިސް ވަނީ އިތުރަށް ޕެލިކަންސް އަށް ކުޅެން ބޭނުން ނުވާ ކަމަށް ބުނެ އަމިއްލަ ގޮތުން އެހެން ޓީމެއް ހޯދުމަށް ހުށައަޅާފައެވެ. ޑޭވިސްގެ މިއަމަލާ ގުޅިގެން ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަނުން ވަނީ 50،000 (ފަންސާސް ހާސް) ޑޮލަރުން ޑޭވިސް ޖޫރިމަނާ ކޮށްފައެވެ.
އެންތަނީ ޑޭވިސް ޕެލިކަންސް އަށް ކުޅެން ފެށީ 2012 ވަނަ އަހަރުއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް