26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އެމިލިއާނޯ ސަލާ

ކަނޑު އަޑީގައި އޮތް ފްލައިޓުން ނެގީ ފުޓްބޯޅަ ކުޅުންތެރިޔާ ސަލާގެ ހަށިގަނޑު

  • ބުދަ ދުވަހުގެ ނެގި ހަށިގަނޑަކީ ސަލާގެ ހަށިގަނޑު ކަން ކަށަވަރުވީ ކޮރޮނަރސް އެކްޒެމިނޭޝަންއަކަށް ފަހު
  • ހަށިގަނޑު ފެނުނީ 65 މީޓަރު އަޑިން
އަމަން ހަލީމް | soupized

| 8 ފެބުރުވަރީ 2019 | ހުކުރު 04:27 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާ -- ގޯލް.ކޮމް

އިނގިރޭސި ވިލާތުގެ ޖަރސީ އައިލެންޑްސް ސަރަހައްދުގެ ކަނޑު އަޑިން ފެނުނު ފްލައިޓުގެ ތެރެއިން ނެގި ހަށިގަނޑަކީ، ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާގެ ހަށިގަނޑުކަން ކަށަވަރު ވެއްޖެއެވެ.

ބުދަ ދުވަހުގެ ނެގި ހަށިގަނޑަކީ ސަލާގެ ހަށިގަނޑުކަން ކަށަވަރުވީ ކޮރޮނަރސް އެކްޒެމިނޭޝަންއަކަށް ފަހުގައި ކަމަށް އިނގިރޭސި ފުލުހުން ވަނީ ހާމަކޮށްފައެވެ.

އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ އާއި ޕައިލެޓް ޑޭވިޑް އިބޮސްޓަން ދަތުރުކުރި މި ޖެޓު ފެނިފައި ވަނީ ކަނޑުގެ 65 މީޓަރު އަޑިންނެވެ.އަންގާރަ ދުވަހު ފްރާންސް ގަޑިން ރޭގަނޑު 19:15 ގައި ނެންޓެސް އިން ނައްޓާލި މި ޖެޓުގެ ޚަބަރެއް އެންމެ ފަހުންވީ 5000 ފޫޓު މަތީގައި އޮއްވައެވެ.

މި ޖެޓު ގެއްލުނީ ޗެނަލް އައިލެންޑްގެ ގޯންސީގެ ލައިޓް ހައުސް ކައިރިން ކަމަށް ވާއިރު، ޖެޓު ހޯދުމުގެ މަސައްކަތް ތިން ދުވަސް ވަންދެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔައެވެ. ނަމަވެސް ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑްގެ ސިފައިން ގުޅިގެން ސަލާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލީ އެ ސަރަހައްދުގެ މޫސުން ހުރި ގޮތުންނެވެ. މަސައްކަތް ހުއްޓާލީ 1700 ސްކޮޔާ މައިލް ބެލުމަށް ފަހުއެވެ.

ރަސްމީކޮށް ޖެޓު ހޯދުމުގެ މަސައްކަތް ހުއްޓާލާފައި ވަނިކޮށް، އެމިލިއާނޯ ސަލާ ދަތުރުކުރި ޖެޓު ފެނިފައި ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ފުޓުބޯޅަ ގިނަ ތަރިންތަކެއް އަދި ގިނަ ބަޔަކު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އޭއޭއައިބީ ނަމަކަށް ކިޔުން ކުންފުންޏަކުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ރިމޯޓުގެ ޒަރިއްޔާ އިން ކޮންޓްރޯލް ކުރާ އާރްއޯވީ ބޭންނުންކޮށް ގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް