16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ފަރަންސޭސްވިލާތް - އިޓަލީ

ފަރަަންސޭސްވިލާތާއި އިޓަލީއާއި ދެމެދު ބަހުގެ ހަމާލަތައް ހޫނުވެ، ފަރަންސޭސީ ސަފީރު އަނބުރާ ގައުމަށް

  • ސަފީރު ގެންނަން ނިންމެވީ، އިޓަލީގެ ސަރުކާރުގެ އިސްވެރިން އަމަލުތަކާއި ގުޅިގެން
  • ޑި މާޔޯ ވަނީ ފަރަންސޭސީ ހުރިހާ މީހުންނާއި ވާހަކަދެއްކުމުގެ ހައްގު އޭނައަށް އެބައޮތް ކަމަށް ވިދާޅުބެފައި
އަމަން ހަލީމް | soupized

| 8 ފެބުރުވަރީ 2019 | ހުކުރު 04:07 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


ފަރަންސޭސްވިލާތުގެ ރައީސް އެމަނުއެލް މެކްރަން (ކ) އަދި އިޓަލީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ލުއީޖީ ޑި މާޔޯ -- ހަފިންގްޓަން ޕޯސްޓް

ޔޫރަޕުގެ އިއްތިހާދުގެ ދެ ބައިވެރިން ކަމުގައިވާ ފަރަންސޭސްވިލާތާއި އިޓަލީން ބަދަލުކުރި ބަހުގެ ހަމަލާތައް ހޫނުވެ، އެ ގައުމުން އިޓަލީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަނބުރާ ގެންނަން ފަރަންސޭސީ ސަރުކާރުން ނިންމައިފިއެވެ.

ފަރަންސޭސީ ދާހިލިއްޔާއިން ނެރުނު ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޓަލީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގެންނަން ނިންމެވީ، އިޓަލީގެ ސަރުކާރުގެ އިސްވެރިން، ހާއްސަކޮށް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ލުއިޖީ ޑި މާކޯގެ އަމަލުތަކާއި ގުޅިގެން ކަމަށެވެ. ޑި މާޔޯ ވަނީ ވޭތުވެ ދިޔަ ހަފުތާގެ ތެރޭގައި ފަރަންސޭސީ "ޔެލޯ ވެސްޓް" މުޒާހަރާގެ ބައެއް އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

ފަރަންސޭސްވިލާތުން ބުނީ ހިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށާއި، ނަމަވެސް ރައްޔިތުންގެ ވޯޓު ހޯދުމަށް މި ހިޔާލު ތަފާތުވުންތަކުގެ ނާޖާއިޒު ފައިދާ ނެގުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

އޭނާގެ އަމަލުތައް ދިފާއުކުރައްވަމުން، ޑި މާޔޯ ވިދާޅުވީ ފަރަންސޭސީ ހުރިހާ މީހުންނާއި ވާހަކަދެއްކުމުގެ ހައްގު އޭނައަށް އެބައޮތް ކަމަށެވެ. އަދި ފަރަންސޭސީ ރައީސް އެމަނުއެލް މެކްރަން ވެސް ކުރިޔަށް އޮތް ޔޫރަޕުގެ އިއްތިހާދުގެ އިންތިހާބަށް ވޯޓު ހޯދަމުގެ ގޮތުން އިޓަލީގެ ސިޔާސަތުތަކަށް ފާޑުކިޔާ ކަމަށް ވެސް ޑި މާޔޯ ތުހުމަތު ކުރެއްވިއެވެ.

ޒަމާނުން ސުރެން ގާތް ދެ އެކުވެރިންގެ ގޮތުގައި އޮތް އިޓަލީއާއި ފަރަންސޭސްވިލާތާއި ދެމެދު މައްސަލަ ޖެހިގެން މިއުޅެނީ އިޓަލީގެ ސަރުކާރުން ގެންގުޅޭ ހިޖުރަކުރުމުގެ ސިޔާސަތުތަކާއި ގުޅިގެންނެވެ. އެގޮތުން 2018ވަނަ އަހަރު އައި އިޓަލީގެ ސަރުކާރަށް ތަފާތު އެކި ފަހަރެއްގެ މަތިން މެކްރަން ވަނީ ފާޑުވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް