16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ބޮލީވުޑް

200 ކްރޯޑާއި އެކު އުރީ ބޮކްސް އޮފީހުގެ ތާރީހުގެ ތެރެއަށް

  •  މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 300 ކްރޯޑަށް އަރާފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 7 ފެބުރުވަރީ 2019 | ބުރާސްފަތި 19:29 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  3. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  4. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  5. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  6. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި


އުރީ ގެ ޕޯސްޓަރު -- ހިންދުސްތާނީ ޓައިމްސް

އާދައިގެ ބަޖެޓަކުން ހަދާފައިވާ އެކްޝަން ފިލްމް "އުރީ" އަށް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައެވެ.

ވިކީ ކައުޝަލް ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ވަނީ ފިލްމް ރިލީޒް ކުރިތާ މަހެއްވެސް ނުވަނީސް ހަމައެކަނި އިންޑިއާއިން ލިބުނު އާމްދަނީ 200 ކްރޯޑަށް އަރާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީއާއި އެކު މި ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 300 ކްރޯޑަށް އަރާފައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކޮށްފައިވާ ޓްވީޓްގައި ވަނީ މި ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައިވަނީ 50 ކްރޯޑް ލިބިފައެވެ. އަދި ދިހަ ދުވަހުން 100 ކްރޯޑަށް އަރާފއިވާއިރު 28 ދުވަސް ތެރޭގައި ވަނީ 200 ކްރޯޑަށް އަރާފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި "އުރީ" ވެގެން ގޮސްފައިވަނީ މިއއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ބޮކްސް އޮފީހުގައި 100 ކްރޯޑް ކްލަބަށް ވަތް ފުރަތަމަ ފިލްމެވެ.

ފިލްމް ކްރިޓިކުންނާއި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ  "އުރީ" މި ފިލްމަކީ 2016 ވަނަ އަހަރު ކަޝްމީރުގެ އިންޑިއާ ފަޅީގައި ތިބޭ އެ ގައުމުގެ އަސްކަރިއްޔާގެ ބޭސްއަކަށް، ޕާކިސްތާންގެ ޓެރަރިސްޓުންތަކެއް ހަމަލާދީ، އިންޑިއާ ސިފައިންގެ 19 އޮފިސަރަކު މަރައިލި ހާދިސާއާ ގުޅިގެން ރައްދުގައި އިންޑިއާ އިން ހިންގި ސާޖިކަޕް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިތިޔާ ދާރް ލިޔެ، ޑައިރެކްޓް ކުރި ފިލްމު ހަދަން ހޭދަކޮށްފައި ވަނީ 45 ކްރޯޑް ރުޕީސް އެވެ.

މި ފިލްމްގެ ލީޑް ޜޯލުން ފެނިގެންދަނީ އަރަމުން އަންނަ ޒުވާން ތަރި ވިކީ ކައުޝަލް އެވެ. މީގެ އިތުރުން މި ފިލްމްގައި މުހިއްމު ރޯލްތަކުން ޔާމީ ގޯތަމް، ކިރިތީ ކުލްހާރީ، ޕަރޭޝް ރަވަލް އަދި ޓީވީ އެކްޓަރު މޯހިތު ރައިނާ ފެނިގެންދެއެވެ.

މި ފިލްމަކީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ވިކީ ގެ ތިން ވަނަ ފިލްމެވެ. މިދިޔަ އަހަރު އޭނާ މުހިއްމު ރޯލްތަކުން ފެނިގެން ދިޔަ މެގްނާ ގުލްޒާރުގެ "ރާޒީ" އާއި ރާޖްކުމާރު ހިރާނީގެ "ސަންޖޫ" އަކީ މިދިޔަ އަހަރު 100 ކްރޯޑް ހަމަކުރި 13 ފިލްމުގެ ތެރެއިން ދެ ފިލްމެވެ.

ވިކީގެ ކުރިއަށް އަންނަން އޮތް ފިލްމް ތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ ފިލްމް "ތަޚްތް" ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް