26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

ޓިއޯމަން ފެސްޓިވަލް 2019

ޓިއޯމަން ފެސްޓިވަލްގައި ހޯދި ކާމިޔާބީއަށް ފަހު ކުޑަ އައްޔަ އަދި ޖާއްޓެ ރާއްޖެ އައިސްފި

  • ކުޑަ އައްޔަ އަދި ޖާއްޓެއަށް މަރުހަބާކީ ފުކޫ އަދި މިނިސްޓަރު މަހުލޫފް
ލީވާން އަލީ | MrLeevaan

| 7 ފެބުރުވަރީ 2019 | ބުރާސްފަތި 07:57 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ކުޑަ އައްޔަ އަދި ޖާއްޓެ ރާއްޖެ އައުން -- ރާއްޖެއެމްވީ

މެލޭޝިއާގައި ކުރިޔަށް ދިޔަ ޓިއޯމަން ފެސްޓިވަލް 2019 ގައި ހޯދި ކާމިޔާބީއަށް ފަހު އަލީ ހުޝްރުވާން (ކުޑަ އައްޔަ) އަދި އަލީ ޖާވިދު (ޖާއްޓެ) ރާއްޖެ އައިސްފިއެވެ.

ޓިއޯމަން ފެސްޓިވަލް 2019 ގެ ޗެމްޕިއަންކަން ހޯދި ކުޑަ އައްޔަ އަދި ރަނަރަޕްގެ މަގާމް ހޯދި ޖާއްޓެ އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާކީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދިއިރު، މިއީ އޭނާއަށް ދިމާވި އަނިޔާއިން ސަލާމަތްވެގެން ބައިވެރިވި ފުރަތަމަ މުބާރާތެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ކުޑަ އައްޔަ ބުނީ، މިއީ ދެ އަހަރަށް ފަހު އޭނާ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރު ކަމަށާއި، ޗެމްޕިއަންކަން ލިބުމުން އެނގިގެންދިޔައީ އަދިވެސް އިތުބާރު ނުގެއްލޭކަން ކަމަށެވެ.

ކުޑަ އައްޔަ ބުނީ، މިއީ އެހެން ފަހަރުތަކާ އެއްގޮތަށް ދިވެހިންނަށް ހޯދައިދެވުނު ބޮޑު ފަޚުރެއް ކަމަށާއި، ސަރަހައްދުގެ ޗެމްޕިއަނުންނަކީ އަދިވެސް ދިވެހި ރާއްޖެކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން މުބާރާތުގެ ދެވަނަ ހޯދި ޖާއްޓެ ބުނީ، މުބާރާތެއްގައި ވާދަކުރާއިރު އަބަދުވެސް ބޭނުން ވަނީ ފައިނަލުގައި ވާދަކުރަން ކަމަށާއި، އެ ޓާގެޓް ހާސިލްވުމުން ވަރަށް އުފާވާ ކަމަށެވެ.

ޖާއްޓެ ބުނީ، މިއީ ރާޅާއެޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދޭންވީ ވަގުތު ކަމަށާއި، މިހާރު ލިބޭ ފުރުސަތުތަކަށް ވުރެ ބޮޑެތި ފުރުސަތުތައް ހޯދަން އެއްބާރުލުން ބޭނުންވާ ކަމަށެވެ.

އަމިއްލަ ގޮތުން ރާއްޖޭގެ ބައެއް ރާޅާއެޅުންތެރިން ވާދަކުރި މި މުބާރާތުގެ އެއްވަނަ ކުޑަ އައްޔަ އަދި ދެވަނަ ޖާއްޓެ ހޯދީ މެލޭޝިއާ އާއި ސިންގަޕޫރުގެ ރާޅާއެޅުންތެރިންނާ ވާދަކޮށްގެންނެވެ. މުބާރާތުގައި 35 ރާޅާއެޅުންތެރިން ވަނީ ވާދަކޮށްފައެވެ.

ރާއްޖޭގެ ރާޅާއެޅުންތެރިން އަންނަނީ ސަރަހައްދީ މުބާރާތްތަކުގައި ގިނަ ވަނަތައް ހޯދާ ދިވެހިން ފަޚުރުވެރި ކޮށްދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް