26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

މުހައްމަދު ސަލާހު

ސަލާހަށް ފުރައްސާރަކުރި މައްސަލައެއް ވެސްޓް ހޭމްއިން ބަލަނީ

  • އިނގެރޭސި ފުލުހުންވެސް މިހާރު ދަނީ މި މައްސަލަ ބަލަމުން
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 6 ފެބުރުވަރީ 2019 | ބުދަ 20:38 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


މުޙައްމަދު ސަލާހު -- ގޯލް.ކޮމް

ހޯމަ ދުވަހު ލަނޑަން ސްޓޭޑިއަމްގައި ލިވަރޕޫލް އާއި ވެސްޓް ހޭމް ބައްދަލުކުރި މެޗުގައި ވެސްޓް ހޭމްގެ ސަޕޯޓަރަކު ލިވަރޕޫލްގެ ފޯވަރޑް މުޙައްމަދު ސަލާހަށް ނަސްލީ ފުރައްސާރަ ކުރި މައްސަލެއެއް އެ ކްލަބުން ބަލަން ފަށައިފިއެވެ.

މިޞްރަށް އުފަން، އުމުރުން 26 އަހަރުގެ ސަލާހަސް އަމާޒުކޮށް، ނަސްލީ ފުރައްސާރަ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެފައިވާއިރު މި ވީޑިއޯގައި ފެންނަނީ ވެސްޓް ހޭމްގެ ސަޕޯޓަރަކު ސަލާހަށް އަމާޒުކޮށް، ނަސްލީ ގޮތުންނާއި، ސަލާހަކީ މުސްލިމަކަށް ވީތީ އޭނާއަށް އަމާޒުކޮށް ފުރައްސާރަ ކުރާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ވެސްޓް ހޭމްގެ އެ ސަޕޯޓަރު މި އަމަލު ހިންގާފައި ވަނީ ސަލާހު ކޯނަރެއް ނެގުމަށް ތައްޔާރުވެގެން ހުއްޓައެވެ.

މި މައްސަލަ ބަލަމުންދާކަން ހާމަކޮށް ވެސްޓް ހޭމްއިން ނެރުނު ބަޔާނެއްގައި ވަނީ އެ ކްލަބުން މިފަދަ އަމަލުތަކާއި މެދު ގެންގުޅެނީ ޒީރޯ ޓޮލަރެންސް ޕޮލިސީއެއް ކަމަށެވެ.

"އަހަރުމެންނަކީ ހުޅުވާލެވިފައިވާ ފުޓުބޯޅަ ކްލަބެއް. މިފަދަ އަމަލުތައް ހިނއްގާ މީހަކު ދެނެގަނެވިއްޖެ ނަމަ އެމީހެއްގެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށް، އެމީހަކަށް އުމުރުދުވަހުވެސް ލަންޑަން ސްޓޭޑިއަމްއަށް ވަނުން މަނާކުރެވޭނެ"، ވެސް ހޭމްގެ ބަޔާނުގައި ވެއެވެ.

ވެސްޓް ހޭމް އިން ބުނީ އެފަދަ އަމަލުތަކަށް އެ ކްލަބްގެ ސްޓޭޑިއަމް (ލަންޑަން ސްޓޭޑިއަމް) ގައި ޖާގައެއް ނެތް ކަމަށެވެ.

މިކަން ހިނގި ވަގުތު އެ މަންޒަރު ރިކޯޑްކޮށް، އެ ވީޑިއޯ ޓުވިޓަރގައި ޕޯސްޓް ކުރި މީހާ ބުނެފައިވަނީ، އޭނާއަށް އިވުނު އަޑުތަކަކީ ޤަބޫލުކުރެވޭނެ އަޑުތަކެއް ނޫން ކަމަށާއި، މިފަދަ އަމަލު ހިންގާ މީހުންނަކީ މުޖުތަމަޢު، އަދި ޚާއްސަކޮށް ފުޓުބޯޅަ ދަނޑުތަކުން ޖާގަ ދެވިގެން ވާނެ ބައެއް ނޫން ކަމަށެވެ.

މި މައްސަލަ އިނގެރޭސިވިލާތުގެ ފުލުހުންވެސް މިހާރު ދަނީ ބަލަމުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް