16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ސްޓޭޓް އޮފް ޔޫނިއަން

ސްޓޭޓް އޮފް ޔޫނިއަން ހިތާބު: ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ޓްރަމްޕް ގޮވާލައްވައިފި

  • ޓްރަމްޕްގެ ދެވަނަ ސްޓޭޓް އޮފް ޔޫނިއަންގައި ވާހަކަ ދެއްކެވީ ގަވިއިދާ ޙިލާފަށް އެމެރިކާއަށް މީހުން އެތެރެވާ މައްސަލައަށް
އަމަން ހަލީމް | soupized

| 6 ފެބުރުވަރީ 2019 | ބުދަ 11:00 | |

މަގުބޫލް

  1. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  2. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  3. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ޓްރެފިކް ޤަވާއިދާ ހިލާފުވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި 24 މީހެއްގެ ލައިސަންސް ހިފަހައްޓައިފި
  6. ތިމަންނާ ހަމައެކަނި ޑޮލަރު ގަތީއޭ ބުނެ މިކަން ހިންދާލެވޭކަށް ނެތް!
  7. ޑޮލަރު ގަތް ފަރާތްތަކާއި އޭސީސީން ތަހުގީގުގައި ސުވާލުކޮށްފައެއް ނުވޭ
  8. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްޓޭޓް އޮފް ޔޫނިއަންގެ ޙިތާބު ދެއްވަނީ -- ރޮއިޓަރސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސްޓޭޓް އޮފް ޔޫނިއަންގެ ހިތާބުގައި، ޑިމޮކްރެޓުންނާއި ރިޕަބްލިކަން ޕާޓީ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފިއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީ.ސީގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވީ އެ ގައުމަށް ދިމާވެފައިވާ ކަންކަމުން އަރައިގަތުމަށް ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.  

ޓްރަމްޕްގެ ވާހަކައިގައި ގަވައިދާ ޙިލާފަށް އެމެރިކާއަށް މީހުން އެތެރެވާ މައްސަލައަށް އަލިއަޅުއްވާ ލައްވަމުން ވިދާޅުވީ، އެމެރިކާގެ މުއްސަނދިންނާއި އާންމު ރައްޔިތުންނާއި ދެމެދު އެއްމެ ބޮޑު ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައަކީ ވެސް އެއީ ކަމަށެވެ. އަދި ފުދުންތެރި ސިޔާސީ މީހުން އާއްމު ރައްޔިތު މީހުންނާއި މެދު ނުވިސްނާ، އެ މީހުންގެ ބޮޑެތި ގެތަކާއި ފާރުތަކުގެ ނިޔަލުގައި އުޅޭ ކަމަށް ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކެވި އިރު، މެކްސިކޯއާއި އިންވެގެން އޮންނަ ސަރަހައްދީ ރޮނގުގައި ފާރެއް އަޅަން އުޅުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މި ފާރަކީ ކޮންމެހެން ބޭނުންވާ އެއްޗެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރައްވާ އިރު، ޑިމޮކްރެޓުން ވިދާޅުވަނީ އެއީ މުޅިން ކުރަން ބޭކާރު ހަރަދެއް ކަމަށެވެ.

ފާރަށް ބަޖެޓު ހަމަޖައްސައި ނުދީގެން އެމެރިކާގެ ސަރުކާރު އެތައް ދުވަހަކަށް ބަންދުކޮށްފައި ވެސް ވެއެވެ. ބަޖެޓުގެ މައްސަލައިގައި ވެވުނު ވަގުތީ އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވާ އިރު، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އަލުން ސަރުކާރުގެ އިދާރާތައް ބަންދުކުރަން ޖެހިދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް