26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އެމެރިކާގެ ހަވާއީގައި ދުންފަތް މަނާކުރުން

ހަވާއީގައި ސިގިރޭޓް ގަނެވޭ އުމުރު 100އަށް މަތިކުރަން ބިލެއް ހުށައަޅައިފި

  • ބިލުގައި ވަނީ ސިގިރޭޓު ގަނެވޭ އުމުރު 30 އަހަރަށް ބަދަލުކުރުމަށް ފަހު، ވިދިވިދިގެން ކޮންމެ އަހަރަކު ސިގިރޭޓު ގަނެވޭ އުމުރަށް އިތުރު ދިހަ އަހަރަކު އިތުރުކުރުމަށް
އަމަން ހަލީމް | soupized

| 6 ފެބުރުވަރީ 2019 | ބުދަ 09:27 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  7. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ
  8. ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް، ކޯޓްގައި ދެ ގަޑިއިރު


ބޮއެފައި އުކާލާފައި ހުރި ސިގިރޭޓު ބަޓުތަކެއް -- ގެޓީ އިމޭޖާސް

އެމެރިކާގެ ހަވާއީގެ ރައްޔިތުންނަށް ސިގިރޭޓު ގަނެވޭ އުމުރު 2024ގެ ކުރިން 100 އަހަރަށް މަތި ކުރަން، އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލިސް ކަމުގައިވާ ހަވާއީގެ ސްޓޭޓް ހައުސްއަށް ހުށައަޅައިފިއެވެ.

ހުށައަޅާފައިވާ ބިލުގައި ވަނީ މި އަހަރު ސިގިރޭޓު ގަނެވޭ އުމުރު 30 އަހަރަށް ބަދަލުކުރުމަށް ފަހު، ވިދިވިދިގެން ކޮންމެ އަހަރަކު ސިގިރޭޓު ގަނެވޭ އުމުރަށް އިތުރު ދިހަ އަހަރަކު އިތުރު ކުރުމަށެވެ. މިހާރު ހަވާއީގައި ސިގިރޭޓޫ ގަނެވެނީ 21 އަހަރު ފުރިފައިވާ މީހުންނަށެވެ.

ހަވާއީގެ ރައްޔިތުންނަށް ސިގިރޭޓު ގަތުމުގެ ދޮރުތައް ބަންދުކުރިޔެއް ކަމަކު، އެ ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ސިގިރޭޓު އެތެރެ ކުރެވޭނެއެވެ. މި ބިލުގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ އީ-ސިގިރޭޓު، ސިގަރ އަދި އަނގަޔަށް ލާން ގެންގުޅޭ ދުންފަތުގެ ބާވަތްތައް ހިމަނާފައެއް ނުވެއެވެ.

ބިލް ހުށައެޅުއްވި މެމްބަރު ރިޗަރޑް ކްރީގަން ވިދާޅުވީ ބިލް ހުށައަޅުއްވަން މަޖުބޫރުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަށް މީހުން ދެވި ހިފާފައިވާ މިންވަރު ފެނިފައި ކަމަށެވެ. އަދި ސިގިރޭޓުގައި ހިމެނޭ ބާވަތްތަކަކީ ސިގިރޭޓު އުފައްދާ ކުންފުނިތަކުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އިތުރަށް ދެވި ހިފުމަށް ގަސްދުގައި ހިމަނާފައިވާ ބާވަތަތަކެއް ކަމަށް ވެސް ކްރީގަން ތުހުމަތު ކުރެއްވިއެވެ.

ހަވާއީއަށް ދުންފަތުގެ ބާވަތްތަކުން ލިބޭ ޓެކްސްގެ އާމްދަނީ 100 މިލިއަން ޑޮލަރުގައި ހުރިއިރު، ސިގިރޭޓު ގަނެވޭ އުމުރު 100 އަހަރަށް މަތިކުރެވެން ވާއިރަށް މި އާމްދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ވެސް ބިލުގައި ބަޔާން ކޮށްފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އެމެރިކާގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ނުހިމެނޭ ކަމަކަށް ވުމާއި އެކު، މި ގާނޫނު ތަންފީޒުވެއްޖެ ހާލަތެއްގައި ކޯޓުތަކުން ގާނޫނު އުވާލަފާނެ ކަމަށް ނުބެލެވޭ ކަމަށް ކްރީގަން ވިދާޅުވިއެވެ.

އެމެރިކާގެ ނެޝަނަލް އެކެޑެމީ އޮފް ސައިންސަސްއިން 2015ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި، ދުންފަތް ގަނެވޭ އުމުރު މަތިކުރުމުން، ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ އުމުރާއި ބޮޑު ގުޅުމެއް ވާކަމަށް ހާމަކޮށްފައިވެއެވެ. އަދި 25 އަހަރު ވުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ސިގިރޭޓު ބުއިމަކީ ނާދިރުކަމެއް ކަމަށް ވެސް ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް